ދިވެހިރާއްޖެ
ތ.ވިލުފުށީ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެނެވޭ ކުނިވާޒާތުގެ ތަކެތި ރައްކާތެރިގޮތުގައި ނައްތާލައިދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން https://shorturl.at/A9KJ9 މި ލިންކު މެދުވެރިކޮށް 2024 އޮގަސްޓް 13 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމާ ގުޅޭ މަޢުލޫމާތު، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.
| 
 
  | 
 ތާރީޚް  | 
 ގަޑި  | 
 ދުވަސް  | 
 ތަން  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 15 އޮގަސްޓް 2024  | 
 13:00  | 
 ބުރާސްފަތި  | 
 ކައުންސިލްގެ އިދާރާ ކޮންފަރެންސް ރޫމް  | 
މި ބީލަމުގައި ބައިވެރިވުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.