ދިވެހިރާއްޖެ
އިޢުލާން
އައްޑޫސިޓީގެ ޢާންމު ތަންތަނާއި މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ އުޞޫލު އާންމު ކުރުމާ ގުޅޭ
އައްޑޫސިޓީގެ ޢާންމު ތަންތަނާއި މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ އުޞޫލު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރ426-B(4)/2024/083 (17 ޖުލައި 2024) ކައުންސިލްގެ ނިންމުމުން ފާސްކޮށްފައިވާތީ 05 އޮގަސްޓް 2024 ވަނަ ދުވަހުން ފެށިގެން މި އުޞޫލަށް އަމަލު ކުރުމަށް ފަށާފައިވާކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.
އަދި ދަންނަވަމެވެ. މި އުޞޫލަށް ޢަމަލުކުރަންފެށުމާއެކު، 23 ޖަނަވަރީ 2024ގައި މިއިދާރާގެ ނަންބަރު: (IUL)426-AB/426/2024/37 އިޢުލާނާއެކު ޢާންމުކޮށްފައިވާ "އެކިއެކި ޙަރަކާތްތަކާއި ގުޅިގެން ރަށުތެރޭގައި ހަރުކުރެވޭ އިޝްތިހާރުތަކާބެހޭ އުސޫލު" އާއި 23 ޖުލައި 2024ގައި މިއިދާރާގެ ނަންބަރު: (IUL)426-AB/426/2024/305 އިޢުލާނާއެކު ޢާންމުކޮށްފައިވާ"އައްޑޫސިޓީގެ ޢާންމު ތަންތަނާއި މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ އުޞޫލު" އުވުނީއެވެ.
މި އިޢުލާނާއި އެކު އައްޑޫސިޓީގެ ޢާންމު ތަންތަނާއި މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ އުޞޫލު އެއްކަރުދާސް ކުރެވިފައިވާނެ ވާހަކަ ދެންނެވީމެވެ.
01 ޞަފަރު 1446
05 އޮގަސްޓް 2024