ދިވެހިރާއްޖެ
ނަންބަރ:GS43-A/2024/97
ބީލަން ހުށަހެޅުމުގެ ދައުވަތު |
ސްކޫލުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ޝީލްޑާއި ޓްރޮފީ ހައްދަވައިދެއްވިދާނެ ފަރާތެއް ހޯދުމަށް މި ބީލަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 05 އޯގަސްޓް 2024 އިން 08 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހު 11:00ގެ ކުރީން ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރެއްވުމުން ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި ސްކޫލަށް ވަޑައިގެންވެސް ރަޖިސްޓަރީ ކުރެވޭނެއެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 12 އޯގަސްޓް 2024 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
2- ރަޖިސްޓްރީ ނަންބަރު.
3- އީމެއިލް އެޑްރެސް.
4- ގުޅޭނެ މޯބައިލް ނަންބަރު.
ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 14 އޯގަސްޓް 2024 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޝަރަފުއްދީން ސްކޫލް
ހިތަދޫ، އައްޑޫ
ފޯން: 7030-688
އީ-މެއިލް: [email protected]