ނޫސްބަޔާން
ނަންބަރު: 288/C4/2024/004
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 09:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުކުޅު ގެންގުޅުމާއި، ދަނޑުވެރިކަމާއި، ގުޅުންހުރި މަސައްކަތް ކުރުމަށް އަޙްމަދު ރިޟްވާނަށް ކުއްޔައް ދޫކޮށްފައިވާ ބިމާއި ގުޅޭ ކައުންސިލްގެ ބަޔާން

      ކުޑަފަރީ ދެކުނުފަރާތު ޗާންދަނީމަގުގައި ވާ ބިމަކީ ކުކުޅު ގެންގުޅުމާއި، ދަނޑުވެރިކަމާއި، ގުޅުންހުރި މަސައްކަތް ކުރުމަށް، ނ.ކުޑަފަރީ / ނިވައިދަށުގެ އަޙްމަދު ރިޟްވާނަށް ކުއްޔަށް ދޫކުރެވިފައިވާ ބިމެކެވެ. އެގޮތުން، މި ކައުންސިލާއި ނ.ކުޑަފަރީ / ނިވައިދަށުގެ އަޙްމަދު ރިޟްވާން އާއި ދެމެދު މި ކައުންސިލްގެ ނަންބަރު 288/AGR/2017/010 އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ.

      ހަވާލާދެވުނު އެއްބަސްވުމުގައިވާ ގޮތުގެ މަތިން މިކައުންސިލަށް އަޙްމަދު ރިޟްވާން ދައްކަންޖެހޭ ކުލި ދައްކަމުންނުދާތީއާއި، ތަކުރާރުކޮށް ކުލި ދެއްކުމަށް އެންގުމަށްފަހުވެސް ކުލި ދައްކާފައިނުވާތީ، އެއްބަސްވުމުގެ 4.1 ވަނަ މާއްދާއިން، މިކައުންސިލަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އަޙްމަދު ރިޟްވާންގެ ކިބައިން އެ ބިން ވަކިކުރުމަށް ނިންމައި، އަޙްމަދު ރިޟްވާންގެ އަތުން ކައުންސިލަށް ލިބެންޖެހޭ ބިމުކުލީގެ ފައިސާ ހޯދުމަށާއި، ކަމާގުޅޭ ގޮތުން ޝަރުޢީދާއިރާއިން ހޯދަންޖެހޭ ޙައްލާއި ފަރުވާ ހޯދުމަށްޓަކައި، މި ދައުރުގެ 40 ވަނަ ބައްދަލުވުމުން ނިންމާފައިވާ ގޮތުގެ މަތީން ޝަރުޢީ ކޯޓަށް ވާނީ ހުށަހަޅާފައެވެ. އަދި މި މައްސަލާގައި ކައުންސިލްގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް މި އިދާރާއަށް ގާނޫނީ ކޮންސަލްޓެންސީ ފޯރުކޮށްދެމުންދާ ލެކްސަވީ ޗެމްބަރސް އެލްއެލްޕީގެ ފަރާތުންކަމުގައި ދަންނަވަމެވެ. ވީމާ، މިކަން ރައްޔިތުންނާ ހިއްސާކުރަމެވެ.

05 އޮގަސްޓް 2024