ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304/304/2024/156
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 12 އޮގަސްޓް 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 37.09 ރަޖިސްޓްރީ ކުރުމާއިބެހޭ:

އިޢުލާން

ރ.ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުމާއިބެހޭ:

                        ރ.ދުވާފަރު 37.09 ނަންބަރުގޭ ރ. ކަނދޮޅުދޫ، ފެންވަރު އަލްފާޟިލާ މަރްޔަމް ރަފީޢުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ މިފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ 2024 އޮގަސްޓް 12 ވަނަ ދުވަހުގެ 14:00 ސުންމިނެޓް ގެ ކުރިން މި އިދާރާއަށް އެކަން އެންގެވުން އެދެމެއެވެ.

                       މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ،  އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 37.09 ނަންބަރުގޭ ރ. ކަނދޮޅުދޫ، ފެންވަރު އަލްފާޟިލާ މަރްޔަމް ރަފީޢުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

09   މުޙައްރަމް  1446

15  ޖުލައި     2024

04 އޮގަސްޓް 2024