ދިވެހިރާއްޖެ
މި އިޢުލާންވަނީ 11 އޮގަސްޓް 2024 10:16 ގައި ބާތިލް ކުރެވިފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް މުޅިން އައު ކާރެއް ސަޕްލައިކޮށްދިނުން
މި އޮތޯރިޓީން ދޭ މައުލޫމާތާ އެއްގޮތަށް، މުޅިން އައު ކާރެއް ސަޕްލައިކޮށްދޭން ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި |
11 އޮގަސްޓު 2024 |
އާދީއްތަ |
11:00 |
އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި |
15 އޮގަސްޓު 2024 |
ބުރާސްފަތި |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
29 އޮގަސްޓު 2024 |
ބުރާސްފަތި |
11:00 |
މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރްއެފްޕީ ރަޖިސްޓްރީވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.