ދިވެހިރާއްޖެ
ބ.އޭދަފުށި "ފުޓްސަލްދަނޑު2"އަށް އަމިއްލަ ތަކެތީގައި ދާއިމީ ކަރަންޓް (3 ފޭސް) ކޭބަލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކޮށްފައިވާ ނަމްބަރ (IUL)320-FNP/320/2024/86 އިއުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީވެ، އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ކޭބަލް އެޅުމަށް ބޭނުންވާ ތަކެތީގެ ލިސްޓް ތިރީގައިމިވަނީއެވެ.
ތަފްޞީލް |
ޢަދަދު |
މީޓަރު ކޭބަލް 16SQmm ގެ 4 ކޯ |
93 |
މީޓަރ ވޯނިންގ ޓޭޕް |
89 |
ސާކެޓް 63 އެމްޕިއަރުގެ 4 ޕޯލް |
1 |
ފޮށި 4 ސާކެޓް ލެވޭވަރުގެ |
1 |
ޕީ.ވީ.ސީ ފޮށި (މީޓަރ ހަރުކުރުމަށް)300x400x165 mm |
1 |
ހައުސްމީޓަރ 3 ފޭސް ސްމާރޓް މީޓަރ |
1 |
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 04 އޯގަސްޓު 2024 (އާދިއްތަ) ދުވަހުން ފެށިގެން 11 އޯގަސްޓު 2024 ވާ (އާދީއްތަ) ދުވަހުގެ 14:00 އާއި ހަމައަށް އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރވުމަށް ދަންނަވަމެވެ.
ލިންކު: https://forms.gle/Wtf2QvtAeGMGb8xH6
ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
1- ކޮޓޭޝަން / އެސްޓިމޭޓް
2- ކޮމްޕެނީ ރެޖިސްޓްރޭޝަން ސެޓްފިކެޓް
3- އައި.ޑީ.ކާޑު ކޮޕީ
4- ތަޖުރިބާ ލިޔުންތައް
5- މިއިއުލާނާއި އެކު ގެޒެޓް ކޮށްފައިވާ ޖަދުވަލުތައް
ބީލަންތައް އިވެލުއޭޓް ކުރުން:
# |
ތަފްޞީލް |
1 |
މަސައްކަތް ހުށަހަޅާ އަގު: (80 ޕޮއިންޓް) |
|
|
2 |
މަސައްކަތަށް ހުށަހަޅާ މުއްދަތު: (15 ޕޮއިންޓް) |
|
|
3 |
ތަޖުރިބާއަށް ޕޮއިންޓް ދޭނެ ގޮތް (5 ޕޮއިންޓް) |
|
|
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 އޮގަސްޓް 15 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
16 މުޙައްރަމް 1446