ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)355-ESMS/355/2024/41
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 11 އޮގަސްޓް 2024 13:30
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުދިމު، އިމާމް، އިސްއިމާމް - އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ

 މަޤާމު

މުދިމު، އިމާމް، އިސްއިމާމް 

 ބޭނުންވާ އަދަދު

5 (ފަހެއް) 

 މަޤާމުގެ ގިންތި

 ވަގުތީ (ވޭޖް އެމްޕްލޯއިމަންޓް)

 މަޤާމުގެ މުއްދަތު / މަސައްކަތް ކުރަންޖެހޭ ވަގުތު

ދާއިމީ މުވައްޒަފަކު ޗުއްޓީ ނުވަތަ ސަލާމް ބުނުމުން (މަހަކު 180 ގަޑިއިރަށްވުރެ އިތުރުނުވާ ގޮތަށް، ދުވާލަކު 5 ގަޑިއިރު) 1 އަހަރު ދުވަހުގެ މުއްދަތައް

ޑިވިޝަން/ ސެކްޝަން

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ސެކްޝަން-  އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޔުނިޓް

މަޤާމް އޮތް އޮފީސް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން

ފެންފުށީ މިސްކިތައް / އދ. ފެންފުށީ ކައުންސިލް

އުޖޫރަ

 މުދިމެއްނަމަ 53.00ރ ( ފަންސާސް ތިން ރުފިޔާ) ކޮންމެ ނަމާދު ގަޑީއަކަށް

އިމާމެއް ނަމަ 61.00ރ (ފަސްދޮޅަސް އެއް ރުފިޔާ) ކޮންމެ ނަމާދު ގަޑިއަކަށް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1. އޮފީހުން ޙަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ކޮންމެވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތްތަކަށް ގޮސް މިސްކިތްތަކުގެ ކަންތައްތައް ބަލާ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން.

2. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން އޮފީހަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.

3. މިސްކިތުގެ ސާފު ތާހިރުކަމާއި އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތްބަލައި ސުޕަވައިޒްކޮށް ދިމާވާ މައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.

4. މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯބަލައި ކަމާބެހޭ އިދާރާއަށް އަންގައި އެކަން ޙައްލުކުރުމަށް މަސައްކަތް ކުރުމާއި އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތުގެ ސައުންޑްސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ޙައްލުކުރުމަށް މަސައްކަތްކުރުން. 

5. މިސްކިތުގައި ނަމާދުކުރާ މީހުންނަށް ރަނގަޅު މާޙައުލެއް ޤާއިމްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން.

6. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި މިނިސްޓްރީން ހުއްދަނެތި އެއްވެސް ލިއުމެއް ހަރުކުރެވިފައި ހުރިތޯބެލުމާއެކު އެފަދަލިއުމެއް ހުރިނަމަ މިސްކިތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާ އެލިއުމެއް ނައްތާލުން އަދި މިސްކިތުތެރޭގައި މިނިސްޓްރީގެ ހުއްދަނެތި އެއްވެސް ފޮތެއް ނުވަތަ ލިއުމެއް ހުރިނަމަ މިސްކިތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާ އެ ލިއުމެއް ނައްތާލުން.

7. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި އިސްލާމް ދީނާއި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެއްވެސް ޙަރަކާތެއް ހިނގާނަމަ ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެނަމަ ހިންގެވުމާ ޙަވާލުވެ ހުންނެވި އިސްވެރިޔަކަށް އަންގާ އެވެރިއަކު އަންގަވާ ގޮތެއްގެ މަތީން ޢަމަލުކުރުން.

8. މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.

9. އޮފީހުން އަންގައިފި ހިނދެއްގައި ކޭތަނަމާދާއި، ޢީދުނަމާދާއި، ހުކުރުނަމާދު އަދި ތަރާވީޙްނަމާދާއި ކަށުނަމާދު އިމާމުވެ ކުރުން.

10. ކަށުކަމާކެމީގެ ކަންތައް ކުރުން (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެދިއްޖެ ޙާލަތެއްގައި)

11. މިސްކިތްތަކާއި ބެހޭގޮތުން ރައްޔިތުންކުރާ ޝަކުވާގެ އަޑުއަހާ އެޝަކުވާތައް އޮފީހަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.

 12 އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.

 

މަޤާމުގެ ޝަރުތުތައް

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުން. ނުވަތަ ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން

ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 
 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނު
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ މުދިމުންގެ ޕޫލު ގައި ބައިވެރިވާން އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  4. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށައަޅާނީ 11 އޮގަސްޓް 2024 ވަނަ ދުވަހުގެ 13:30 ގެ  ކުރިން  އދ. ފެންފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.  

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،  އެ  ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،  ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 12 އޮގަސްޓް 2024 އާއި 30 އޮގަސްޓް 2024 އާ ދެމެދު އދ.ފެންފުށީ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680539 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

04 އޮގަސްޓް 2024