ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2024/140
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 15 އޮގަސްޓް 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ ދަފްތަރު އެކުލަވާލުމާ ގުޅޭ

އެކި ބާވަތުގެ ތަކެތި ރާއްޖޭގައި ބޭނުންކުރުމަށް ނުވަތަ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރުމަށް އުފައްދާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ކުރައްވަމުންދާތީ، މަޢުލޫމާތު ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން https://trade.gov.mv/en/producers-registry-form މި ލިންކް މެދުވެރިކޮށް މަޢުލޫމާތު ހުށަހެޅުމަށް އެމިނިސްޓްރީއިން ވަނީ ހުޅުވާލާފައެވެ. މިކަމާއިގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގެ ނަންބަރު (IUL)101-BR/1/2024/72 https://gazette.gov.mv/iulaan/300748 ލިބެން ހުނާނެއެވެ.  

ވީމާ، ތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރުގައި މަޢުލޫމާތު ހިމެނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2024 އޯގަސްޓް 15 ވަނަ ދުވަހުގެ ކުރިން ލިންކް މެދުވެރިކޮށް މިނިސްޓްރީއާއި މަޢުލޫމާތު ހިއްސާ ކޮށްދެއްވުމަށް ދަންނަވަމެވެ. ފޯމް ފުރުމުގައި އެހީތެރިކަން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ވަޑައިގެން ފޯމް ފުރުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 އޮގަސްޓް 2024