ދިވެހިރާއްޖެ
އިޢުލާން
"ހިންމަފުށީ ފުޓްސަލް ޗެލެންޖް 2024" ގެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލުން
ހިންމަފުށީ ފުޓްސަލް ޗެލެންޖް 2024ގެ ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. އެގޮތުން ހުށަހެޅޭ ލޯގޯ ތަކުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ އެންމެ ރަނގަޅު ލޯގޯ ހުށަހެޅި ފަރާތަކަށް -/5000 ( ފަސްހާސް ރުފިޔާ ) ގެ ފައިސާގެ އިނާމެއް ދިނުމުށް ވަނީ ހަމަޖެހިފައެވެ.
ލޯގޯ ޑިޒައިން ކުރުމުގައި ސަމާލުކަން ދެއްވަންވީ ކަންކަން:
- ހިންމަފުށީ ކައުންސިލް ރަމްޒް ކޮށް ދިނުން
- ޒުވާނުންނާއި ފުޓްބޯޅަ ރަމްޒްކޮށް ދިނުން
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ވެކްޓަރ ފޯމެޓަށް (ai, .eps.) އަދި ހައިރިޒޮލިއުޝަން (png,.jpeg.) ގައި ލޯގޯގެ ޑިޒައިން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. އީ-މެއިލުންނަމަ [email protected] އަށް އެގަޑީގެ ކުރިން މެއިލް ކޮށްދެއްވުމަށް ދަންނަވަމެވެ.
މުއްދަތު ހަމަވާފަހުން ހުށަހަޅާ ލޯގޯތައް ވަނަހޮވުމުގައި ނުބެލޭނެއެވެ.