ދިވެހިރާއްޖެ
| 
 
 އިޢުލާން  | 
 ނަންބަރ:  | 
 (IUL)421/ESMSED/421/2024/41  | 
| 
 ތާރީޚް  | 
  29 މުޙައްރަމް 1446  | 
|
| 
 04 އޯގަސްޓް 2024  | 
ގދ.ވާދޫ ކައުންސިލަށް އެކްސްކަވޭޓަރެއް ގަތުން
ގދ.ވާދޫ ކައުންސިލްގެ އިދާރާއަށް Kobelco SK70-75 ގެ އެކްސްކަވޭޓަރ އެއްގަތުމަށް ބޭނުންވެއްޖެއެވެ.
ވީމާ،މިދެންނެވި ވެހިކަލް ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގައި 6840005 ނަންބަރު ފޯނަށް ގުޅުއްވައިގެން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
އަންދާސީ ހިސާބް ހުށަހެޅުމާބެހޭ
| 
 ތަފްޞީލް  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
| 
 ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި  | 
 12 އޯގަސްޓް 2024  | 
 ހޯމަ  | 
 14:00  | 
| 
 އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ  | 
 15 އޯގަސްޓް 2024  | 
 ބުރާސްފަތި  | 
 13:00  | 
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
މުޙައްމަދު ޝިފާގް
ކައުންސިލް މެމްބަރ