ދިވެހިރާއްޖެ
މި އިޢުލާންވަނީ 17 އޮގަސްޓް 2024 12:06 ގައި ބާތިލް ކުރެވިފައެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ އޮޓޮމޭޓެޑް ހެމަޓޮލޮޖީ އެނަލައިޒަރ މެޝިނަށް، ބޭނުންވާ ކޮންސިއުމަބަލްސް އާއި ރީއެޖެންޓްސް ހޮސްޕިޓަލުން ގަންނަގޮތަށް، 5 އަހަރުގެ މުއްދަތަށް "ރެންޓަލް ބޭސިސް" އަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
މިހޮސްޕިޓަލަށް ބޭނުންވާ އޮޓޮމޭޓެޑް ހެމަޓޮލޮޖީ އެނެލައިޒަރ މެޝިނަށް، ބޭނުންވާ ކޮންސިއުމަބަލްސް އާއި ރީއެޖެންޓްސް މި ހޮސްޕިޓަލުން ގަންނަގޮތަށް، 5 އަހަރުގެ މުއްދަތަށް "ރެންޓަލް ބޭސިސް" އަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، 5 އަހަރު ދުވަހުގެ މުއްދަތަށް މަތީގައި ފާހަގަކޮށްފައިވާ ގޮތަށް އެ މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމާއި، އަދި މި މަސައްކަތުގެ ޕްރޮޕޯސަލް ހުށައެޅުއްވުންއެދެމެވެ.
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް) ތާރީޚް: (މުއްދަތު) – 2024 އޯގަސްޓް 04 ން ފެށިގެން، 2024 އޯގަސްޓް 14 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އަށް އީމެއިލް: [email protected] ފޯނު ނަންބަރ: 6583007 ގޫގަލް ފޯމު ލިންކް:https://forms.gle/cjdWyx8qbScj1G2H6
|
އަންދާސީ ހިސާބު ހުށައެޅުއްވުން |
ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމް ތާރީޚް: 2024 އޯގަސްޓް 19 ވާ ހޯމަ ދުވަސް ގަޑި: 13:00 (މެންދުރުފަހު) |
މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓާއި، ބޭނުންވާ އެހެން ޑޮކިއުމަންޓްސް ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
29 މުޙައްރަމް 1446