ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)-182-REG/23/2024/18
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 10:03
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ރާއްޖެ އިމްޕޯޓް ކޮށްފައިވާ (Fexofenadine hydrochloride) Allegra 30mg/5ml suspension ގެ ބައެއް ބެޗްތަކުން ކޮލިޓީ މައްސަލައެއް ފާހަގަވެފައިވާތީ އެކަމާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މިނިސްޓްރީ އޮފް ހެލްތު

މާލެ،

ދިވެހިރާއްޖެ

    (IUL)-182-REG/23/2024/18 :ނަންބަރު

އެލާރޓް

ރާއްޖެ އިމްޕޯޓް ކޮށްފައިވާ (Fexofenadine hydrochloride)Allegra 30mg/5ml suspension ގެ ބައެއް ބެޗްތަކުން ކޮލިޓީ މައްސަލައެއް ފާހަގަވެފައިވާތީ އެކަމާއި ގުޅޭ

     

ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންގެންދާ ތިރީގައިވާ ބޭހުގެ 3 ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާކަމަށް ބޭސް އުފައްދާފައިވާ ކުންފުނިން ވަނީ އެލާރޓް ކޮށްފައެވެ. ވީމާ ދެންނެވިފައިވާ 3 ބެޗް ރާއްޖެ އެތެރެ ކުރުމާއި، ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.

 

އަދި ދަންނަވަމެވެ، މި ބޭހުގެ ދެންނެވިފައިވާ ބެޗްތައް، ފާރމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން މި އޮތޯރިޓީގެ އީމެއިލް [email protected] މެދުވެރިކޮށް އެންގެވުން އެދެމެވެ.

Fexofenadine hydrochloride                                           

Generic name
Allegra suspension Product name
30mg/5ml Strength
Sanofi India Limited, India Manufacturer
AL1223019, AL1223029 and AL1223060 Batch number

މިކަމާބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 ފޯނަށް ގުޅުއްވުން އެދެމެވެ.

04 އޮގަސްޓް 2024