ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2015/71
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2015
ޕަބްލިޝްކުރި ގަޑި: 08:13
ސުންގަޑި: 10 ޖޫން 2015 14:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގެ ނަންބަރު 137HR/IU/2015/51 (އެޕްރީލް 16، 2015) ގެ އިއުލާނަށް އެކަށީގެންވާ ފަރާތެއް ކުރިމަތިލާފައިނުވާތީ، އެ މަޤާމަށް އަނެއްކާވެސް މި ހޮސްޕިޓަލުން އިޢުލާންކުރަމެވެ. މި މަޤާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް

 ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

ރޭންކް:  MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

ސީ.އީ.އޯ ބިއުރޯ

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ނޮން ކްލިނިކަލް ހެޑްސްގެ ބައްދަލުވުންތައް އިންތިޒާމްކޮށް، އެޖެންޑާއާއި ޔައުމިއްޔާ ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  2. ނޮން ކްލިނިކަލް ހެޑްސްގެ ބައްދަލުވުންތަކުގައި ނިންމޭ މުހިއްމު ކަންކަމުގެ ވީކްލީ ސްޓޭޓަސް އަޕްޑޭޓް ތައްޔާރުކުރުން.
  3. ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އޮޕަރޭޝަންސް އެންޑް ޕަރސަނަލް ސޮއިކުރެއްވުމަށް އެތެރޭގެ ޑިޕާޓްމަންޓްތަކުން ގެންނަ ތަކެތި ޢިބާރާތްކުރެވިފައިވާ ގޮތާއި، އެޓޭޗް ކުރަންޖެހޭ ލިޔުންތައް އެޓޭޗްކުރެވިފައިވޭތޯއާއި، ހިސާބު އެކުލެވޭ ލިޔެކިޔުންތަކުގެ ހިސާބު ދިމާވޭތޯ ބެލުމަށްފަހު، ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އޮޕަރޭޝަންސް އެންޑް ޕަރސަނަލް ސޮއިކުރެއްވުމުން، އެ ތަކެތި ގެނައި ޑިޕާޓްމަންޓްތަކަށް ރައްދުކުރުން.
  4. ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އޮޕަރޭޝަންސް އެންޑް ޕަރސަނަލް ބައްދަލުކުރުމަށް އެދިގެން އަންނަ ފަރާތްތަކާ ބައްދަލުކޮށް، ބައްދަލުކުރުމަށް އެދޭ ފޯމް ފުރިހަމަކޮށްފައި ބައްދަލުވުންތައް ތާވަލްކޮށްދިނުމާއި، ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އޮޕަރޭޝަންސް އެންޑް ޕަރސަނަލް އެދިވަޑައިގަންނަވާ ބައްދަވުންތައް ތާވަލްކޮށް، ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އޮޕަރޭޝަންސް އެންޑް ޕަރސަނަލްގެ ކެލެންޑަރ މެއިންޓެއިންކޮށްދިނުން.
  5. ބިޔުރޯއިން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެިކިޔުންތައް އިބާރާތްކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  6. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ރިޕޯޓް އެކުލަވާލައި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

 

 

ތަޢުލީމާއި ތަޖުރިބާ:

 

 

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އަޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

 

1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

(މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  1. މި މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ. އަދި މި ހޮސްޕިޓަލުގެ ވެބްސައިޓުން (www.igmh.gov.mv ން) ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  4. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
  5. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  6. ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ހުށަހަޅަންވާނެވެ. ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓް ހުށަހަޅަންވާނެއެވެ.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  8. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  9. ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  10. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވުން)

ނޯޓު:

- ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ. 

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފޯމް ބަލައިގަތުމާއި ދޫކުރުން

2015 ޖޫން 1 ވާ ހޯމަ ދުވަހުން ފެށިގެން، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08.30 ން މެންދުރުފަހު  14.30 އަށް.

 

ސުންގަޑި

2015 ޖޫން 10 ވާ ބުދަ ދުވަހުގެ 14.30 ގެ ކުރިން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް.

(2015 ޖޫން 10 ވާ ބުދަ ދުވަހުގެ 14.30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.)

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ ޖޫންމަހާއި، ޖުލައިމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.

 

އިތުރު މައުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 3335234 ނަންބަރު ފޯނަށެެވެ. 

9 ޝަޢުބާން 1436

27 މޭ 2015