ދިވެހިރާއްޖެ
ނަމްބަރު: (IUL)262/262/2024/68
އިޢުލާން
100 ހައުސިންގ ޔުނިޓް ލިބޭފަރާތްތަކުގެ ވަގުތީ ނަތީޖާ
100 ހައުސިންގ ޔުނިޓް ދޫކުރުމަށް މިއިދާރާއިން ކުރެވުނު އިޢުލާން ނަންބަރ: (IUL)262/262/2023/27 (27 މާރޗް 2023) ގުޅިގެން ކެޓަގަރީ A އަދި ކެޓަގަރީ B އަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓްގެ ވަގުތީ ނަތީޖާގެ ތަފްސީލް މިއިޢުލާނާއެކު އެއްކަރުދާސްކުރެވިފައި އެވަނީއެވެ.
ވީމާ، މި ލިސްޓްގައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއް ވާނަމަ، 15 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ޝަކުވާ ސާފުވާނެހެން ލިޔުމުން މިއިދާރާއަށް ހުށަހެޅުންއެދެމެވެ. މި މުއްދަތުގެ ފަހުން ހުށަހަޅާ ޝަކުވާ އާއި އަނގަބަހުން ހުށަހަޅާ ޝަކުވާ ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ.
ވަގުތީ ނަތީޖާ ލިސްޓްގައި ވާ ފަރާތް ތަކުގެ ތެރެއިން ދެމަފިރިންނަށް ހައުސިންގ ޔުނިޓް ލިބޭ މިންވަރަށް ޕޮއިންޓް ލިބިފައިވާނަމަ، ދެމަފިރިންގެ ތެރެއިން ހައުސިންގ ޔުނިޓް ދޫކޮށްލާ ފަރާތުގެ މަޢުލޫމާތު ދެ ފަރާތުން ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހައި ލިޔުމުން މި އިދާރާއަށް 12 އޯގަސްޓް 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުންއެދެމެވެ.
ނޯޓް: ލިސްޓުއެވަނީ އެންމެ މަތިން ތިރިއަށް މާކްސް ލިބިފައިވާ ތަރުތީބުން އަތުރާލެވިފައެވެ. އަދި މިހައުސިންގ ޔުނިޓްތަށް ޕޮއިންޓްދިނުމަށް އެކުލަވާލެވިފައިވާ އުސޫލް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އީމެއިލް ގެ ޒަރިއްޔާއިން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އީމެއިލް އެޑްރެހަށް ޝަކުވާ ހުށަހެޅުން އެދެމެވެ.
އީމެއިލް އެޑްރެސް : [email protected]
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
26 މުޙައްރަމް 1446
01 އޯގަސްޓް 2024