ދެންނެވުން
ނަންބަރު: (IUL)113-MSWH/1/2024/103
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 15:30
ސުންގަޑި: 10 އޮގަސްޓް 2024 12:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ހުޅަނގު ދެކުނު ބަނދަރު ހުޅަނގުން އޮންނަ ވެމްކޯ ޖެޓީ ކީވޯލް ސަރަހައްދުގެ ބެލެހެއްޓުމާއި ބެހޭ

މާލެ ހުޅަނގު ދެކުނު ބަނދަރު ހުޅަނގުން އޮންނަ ވެމްކޯ ޖެޓީ ކީވޯލް ސަރަހައްދުގެ ބެލެހެއްޓުމާއި ބެހޭ

ޓީޖެޓީގެ ހުޅަނގުން އޮންނަ ވެމްކޯ ޖެޓީ ކީވޯލް ސަރަހައްދުގެ ބެލެހެއްޓުމާއި ހިންގުން މާލޭ ސިޓީ ކައުންސިލުން ވަނީ 2024 މެއި 6 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ހަވާލުކޮށްފައެވެ. އެހެންކަމުން މާލެ ހުޅަނގު ދެކުނު ބަނދަރުގެ ބެލުމުގެ ދަށުން މި ސަރަހައްދުގެ އެންމެހާ ކަންތައްތަށް ބެލެހެއްޓުމަށްވަނީ ހަމަޖެހިފައެވެ.

2024 އޮގަސްޓް 10 ވަނަ ދުވަހުން ފެށިގެން މާލެ ހުޅަނގު ދެކުނު ބަނދަރު ހުޅަނގުން އޮންނަ ވެމްކޯ ޖެޓީ ސަރަހައްދުގެ ކީވޯލްގައި، މި ކުންފުނީގެ ހުއްދަނެތި އެއްވެސް އުޅަނދެއް އެޅުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. މި ސަރަހައްދުގައި މިހާރު އަޅާފައިވާ އުޅަނދުތަށް 2024 އޮގަސްޓް 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ސަރަހައްދުން ނެންގެވުން އެދެމެވެ.

އެހެންކަމުން، 2024 އޮގަސްޓް 15 ވަަނަ ދުވަހުގެ 00:00 ފެށިގެން މި ސަރަހައްދު ބޭނުން ކުރާ ފަރާތްތަކުގެ އަތުން މާލެ ހުޅަނގު ދެކުނު ބަނދަރުގެ ޓެރިފް ރޭޓްއިން ފީނެގޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 

 

 

01 އޮގަސްޓް 2024