ދިވެހިރާއްޖެ
މާލެ ސައުތުވެސްޓް ހާބަރުން ދެމުންދާ ބައެއް ޚިދުމަތްތަކަށް އަގުނެގޭގޮތަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. މިބަދަލާއި އެކު 2024 އޮގަސްޓް 15 ވަނަ ދުވަހުން ފެށިގެން މި ހާބަރުން ދެމުންދާ ޚިދުމަތްތަކަށް އަގުނެގޭނެ ގޮތް ތިރީގައި އެވަނީއެވެ.
|
އަގުނެގޭ ގޮތް (ޖީ އެސްޓީއާއި އެކު) |
ހ |
ސަރަޙައްދު ތެރެއަށް ކައިރިކުރާ ދަނގަޑު، ސަފާރީ އަދި އެލްމީނިއަމް އުޅަނދު ފަހަރު ފިޔަވައި އެހެން އުޅަނދުފަހަރުން 30 މިނެޓް ހަމަވުމުން މީޓަރކަށް ގަޑިއަކަށް 12.96 ރުފިޔާ |
|
|
ށ |
ސަރަޙައްދު ތެރެއަށް ކައިރިކުރާ ދަނގަޑު، ސަފާރީ އަދި އެލްމީނިއަމް އުޅަނދު ފަހަރު ޖެޓީއަށް ކައިރިކުރާ ވަގުތުން ފެށިގެން މީޓަރަކަށް ގަޑި އަކަށް 12.96 ރުފިޔާ |
|
|
ނ |
އެކްސްޕްރެސް ޒޯނަށް ކައިރިކުރާ އުޅަނދު ފަހަރު ޖެޓީއަށް ކައިރިކުރާ ވަގުތުން ފެށިގެން މީޓަރަކަށް ގަޑި އަކަށް 25.00 ރުފިޔާ |
|
|
ރ |
ތެޔޮ / ގޭސް ބަރުކޮށްގެން ކައިރިކުރާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ކައިރިކުރި ވަގުތުން ފެށިގެން ގަޑިއަކަށް، މީޓަރަކަށް 15 ރުފިޔާ |
|
|
ބ |
ތެޔޮ ބައުޒަރު ކައިރިކުރާ ވަގުތުން ފެށިގެން 1 ގަޑިއިރަށްވުރެ އިތުރުވެއްޖެނަމަ، ކައިރިކުރި ވަގުތުން ފެށިގެން ގަޑިއިރަކަށް 55 ރުފިޔާ |
|
|
ޅ |
ތެޔޮ އެޅުމަށް ކައިރިކުރާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ކައިރިކުރި ވަގުތުން ފެށިގެން 1 ގަޑިއިރަށްވުރެ އިތުރުވެއްޖެނަމަ، ކައިރި ކުރި ވަގުތުން ފެށިގެން ގަޑިއިރަކަށް، މީޓަރަކަށް 10 ރުފިޔާ |
|
|
ކ |
ކްރޭން މަސައްކަތް ފަށާ ވަގުތުން ފެށިގެން 1 ގަޑިއިރަށްވުރެ އިތުރުވެއްޖެނަމަ، ކައިރިކުރި ވަގުތުން ފެށިގެން ގަޑިއިރަކަށް 50 ރުފިޔާ |
|
|
އ |
ސަރަޙައްދައް ވަންނަ އެއްގަމުގައި ދުއްވާ އުޅަނދު ފަހަރު ސަރަޙައްދަށް ވަންނަ ކޮންމެ ފަހަރަކު 5 ރުފިޔާ |
|
|
ވ |
ފެން ކޮޑި މީޓަރަކަށް -/106 ރުފިޔާ |
|
|
މ |
މާލޭ ހުޅަނގު ބަނދަރު ދާއިމީ ފަޅުހުއްދަ ދުވާލަކު މީޓަރަކަށް 5.40 ރުފިޔާ |
|
|
ފ |
ފައްތިޔާ ދުވާލަކަށް މީޓަރަކަށް 5.40 ރުފިޔާ |
|
|
ދ |
ބަނދަރު ސަރަޙައްދުގައި މުދާ ބެހެއްޓުމުން ( 2 ގަޑި އިރަށް ވުރެއް ގިނަ އިރު ވުމުން) އެ މުދާ ބެހެއްޓިފައި ހުރި ތަނުގެ ބޮޑުމިނުގެ ކޮންމެ އަކަފޫޓަކަށް ގަޑިއަކަށް 2.00 ރުފިޔާ |
|
|
|
*ޓެރިފް ރޭޓު ތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. |
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.