ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)302-E/302/2024/42
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 08 އޮގަސްޓް 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިން ދޫކުރުމާއިގުޅޭ

ދަނޑުވެރިކަން ކުރުމަށްޓަކައި ރ.ހުޅުދުއްފާރުން ބިން ދޫކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ދޫކުރުމަށް ހަމަޖެހިފައިވާ ބިން: ހުޅުދުއްފާރު ޞިއްޙީމަރުކަޒުގެ ދެކުނުން، ދަނޑުވެރިކަމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދުން 3000 އަކަފޫޓުގެ 03 ބިން.
  • ބިންދޫކުރާ މުއްދަތު: 01 އަހަރު ދުވަސް (މުއްދަތު ހަމަވުމަށްފަހު ދަނޑުބިން ލިބޭ ފަރާތުން އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ބޭނުންވާނަމަ، އެފަރާތަކުން ކޮށްފައިވާ މަސައްކަތްތައް ބެލުމަށްފަހު އިތުރު އެއް އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.)

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2024 އޯގަސްޓް 08 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން އެކަން މިއިދާރާއަށް އެންގެވުމަށް ދަންނަވަމެވެ. ދޫކުރަން ކަނޑައެޅިފައިވާ ބިމުގެ އަދަދަށްވުރެ ބިމަށް އެދުނު ފަރާތްތައް ގިނަކަމަށްވާނަމަ، ދަނޑުބިންލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުންނެވެ. ދަނޑުބިން ދޫކުރެވޭނީ ހުޅުދުއްފާރުގެ ރައްޔިތުންނަށެވެ. އަދި ކޮންމެ ބޭފުޅަކަށްވެސް ދޫކުރެވޭނީ 3000 އަކަފޫޓުގެ 01 ބިމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 އޮގަސްޓް 2024