ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)439-CO/439/2015/50
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2015
ޕަބްލިޝްކުރި ގަޑި: 08:07
ސުންގަޑި: 10 ޖޫން 2015 15:00
ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

 އޮފީސް / އިދާރާ:

ފުވައްމުލަކު ދަޑިމަގު ކައުންސިލް އިދާރާ

ސެކްޝަން:

ކޯފަރޭޓިވް އެފެއާޒް

މުސާރަ:

މަހަކު -/5020  ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500  ރުފިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ:

- އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:
(އެޑްމިނިސްޓްރޭޓިވް

އޮފިސަރ 1)

 

 

 

 

 

 

 

 

 

 - އައިޑީކާޑު ހެދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.

- މުވައްޒަފުން ލެއްވުމާއި ވަކިކުރުމާއި ދާއިމީ ކުރުމާބެހޭ ކަންތައްތައް ކުރުން.

- މުވައްޒަފުންގެ ފައިލްތައް، ސިއްރު ތަކެތީގެގޮތުގައި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- ޕާރފޯމަންސް އެޕްރައިޒަލް ފޯމް ފުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.

- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޕެންޝަނާ ބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

- މުވައްޒަފުންގެ ފައިލްތަކަށް ލާންޖެހޭ ތަކެތި ދުވަހުން ދުވަހަށް ފައިލްކުރުން.

- 65 އަހަރުން މަތީގެ މީހުންނަށް ދޭ އަސާސީ ޕެންޝަނާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

- އޮފީހުގެ މެޝިނަރީޒާއި އިންވެންޓްރީއާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

- އެކިއެކި ހާދިސާތަކާއި ކާރިސާތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް.

- ސެކްޝަނުން ހަދަންޖެހޭ ރިޕޯޓުތައް (ވާރޭގެ ރިޕޯޓު، މޫސުމާއި މަސްވެރިކަމުގެ ދުވަހު ރިޕޯޓް، ފިޝަރީޒް ރިޕޯޓް، އިހީގެ ރިޕޯޓް، ވެލާ ކަހަނބުގެ ރިޕޯޓް، އެގްރިކަލްޗަރ ރިޕޯޓް) ހެދުމާބެހޭ އެންމެހައި ކަންތައްތައް ކުރުން.

- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު

(އެޑްމިނިސްޓްރޭޓިވް

އޮފިސަރ 2)

 

 

 

 

 

 

- ކާބޯތަކެތީގެ ޚިދުމަތް ދިނުމާބެހޭ މަސައްކަތް.

- ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.

- ދަޑިމަގު އަވަށުގައި ދިރިއުޅެމުންގެންދާ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.

- މަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުން.

- އޮފީހަށް ވަންނަ މައްސަލަތައް ބަލައިގަނެ އެންޓަރކުރުން.

- ފަގީރުންގެ ލިސްޓް ނެގުމާބެހޭ އެންމެހައި ކަންތައްތައް ކުރުން.

- އެކަނިވެރި މައިންގެ ފޯމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

- އަވަށް ސާފުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.

- ކައުންސިލްގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.

- މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް ލިޔެ ފައިލްކޮށް ބެލެހެއްޓުން.

- މަގުކޮނުމުގެ ހުއްދަ ދިނުމަށްޓަކައި ކުރަންޖެހޭ ކަންތައް ކުރުން.

- ވަޅު ކޮނުމުގެ ހުއްދަ ދިނުމަށްޓަކައި ކުރަންޖެހޭ ކަންތައް ކުރުން.

- ހުކުރު ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން.

- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

- މަގުބައްތި މަރާމާތު ކުރުމާބެހޭ މަސައްކަތް.

- މަގު މަރާމާތު ކުރުވުމާބެހޭ މަސައްކަތް.

- ނެރު ބެލެހެއްޓުމާބެހޭ މަސައްކަތް.

- އާސާރީ ތަންތަނާއި ތާރީޚީ ތަންތަނާބެހޭ މަސައްކަތް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން، ތިރީގައިވާ ލިޔުންތަކާއެކު، 2015 ޖޫން 10 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ދަޑިމަގު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިއުންތައް: 

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، މި އިދާރާއިން ލިބެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ވަޒީފާއަށް އެންމެ ޤާބިލް

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު

- މަސައްކަތުގެ ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް:

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6865085 ނަންބަރު ފޯނަށެވެ.

10 ޝަޢުބާން 1436

28 މޭ 2015