ޢާންމު މަޢުލޫމާތު
ނަންބަރު: ( IUL ) 241-A/241/2024/24
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 22 އޮގަސްޓް 2024 13:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލްސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

                                           ނަންބަރ: (IUL)241-A/241/2024/24           ނަންބަރ: (IUL)241-A/241/2024/24

ޢިޢުލާން

 

 މިއިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން .

                       

                   މިއިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލް ސަޕްލައިޒް ކޮށްދޭނެ ( ކޮންޓްރެކްޓް އުޞޫލުން ވިއްކާނެ ފަރާތެއް ) ހޯދަން ބޭނުންވެއްޖެއެވެ.

                   ވީމާ، މިކަމަށްއެދި ޝައުގުވެރިވާ ފަރާތްތަކުން 08 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ޕޮރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މައުލޫމާތާއި އެކު މިކައުންސިލްގެ ޕްރޮކިއުމެންޓް މެއިލް  [email protected]  އަށް ފޮނުއްވުން އެދެމެވެ.

1-     ޕޮރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަން ( ކުންފުނި އަމިއްލަ ފަރުދުންގެ  ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ )

2-     ޕޮރޮޕޯސަލް ހުށަހަޅާ ފަރާތުގެ މޮބައިލް ނަންބަރާއި ، އީމެއިލް އެޑްރެސް .

3-     ޕޮރޮޕޯސަލް ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ދެފުށުގެ ކޮޕީ .

4-     ގުޅޭނެ ނަންބަރ.

                 ޕެޓްރޯލް ވިއްކުމާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 15 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ގއ.އަތޮޅުކައުންސިލް އިދާރާގެ ޓްރޭނިންގ ހޯލުގަ އެވެ. ޕެޓްރޯލް ވިއްކުމަށް އެދި ހުށަހަޅާ ޕޮރޮޕޯސަލް ހުށަހަޅަންޖެހޭނީ 22 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް ގއ.އަތޮޅުކައުންސިލް އިދާރާއަށް އެވެ.  

 

                  ދަންނަވަމެވެ. ޕެޓްރޯލް ވިއްކުމަށް ޕޮރޮޕޯސަލް ހުށަހަޅުއްވަން ވާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސިކިއުރިޓީން ތެޔޮވިއްކުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީއޮފް އިކްނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި ކުންފުނިތަކުންނެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފްކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ނުދެވޭނެއެވެ. އަދި ގަޑިޖެހިގެން ޕޮރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށްވެސް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.     

 

ހުށަހަޅާ ޕޮރޮޕޯސަލްގައި ހުންނަށްޖެހޭ މަޢުލޫމާތު.

01 – ޕެޓްރޯލް ލިޓަރެއް ވިއްކާނެ އަގު.

02 – ޕެޓްރޯލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން ޚިދްމަތް ދިނުމުގައި އަމަލު ކުރާނެ ގޮތް.

03 – ފައިސާ ދެއްކުމަށް އެދޭ ގޮތް. ( ފައިސާ ދެއްކުމުގައި ދެވިދާނެ ލުއިފަސޭހަތައް )

04 – މެދުނުކެނޑި ސަޕްލައި ލިބެންހުންނާނެ ކަމުގެ ގެރެންޓީ ( ހުށަހަޅާފަރާތުން ޚިދްމަތް ދިނުމުގައި ސްޓޮކް ހުސްވެއްޖެނަމަ ސަޕްލައި ކޮށްދިނުމަށް ހަމަޖައްސާގޮތް )

05 – ތެޔޮވިއްކާފަރާތުގެ ރަޖިސްޓްރީ އާއި ލިބިފައިވާ ހުއްދަތަކުގެ ކޮޕީ.

06 – ތެޔޮއަޅައި ދިނުމުގައި ދޭނެ ލުއިފަސޭހަތައް ( އުޅަނދު އޮންނަ ބަދަނރަކަށް ވެހިކަލެއްގައި ތެޔޮ ގެންގޮސް ދިނުން ފަދަ )

07 – ހުށަހަޅާ ފަރާތުގެ ޓެކްސް ކްލިއަރެންސް ރިޕޯޓް.

    މިޚިދްމަތަށް ހުށަހެޅޭ ޕޮރޮޕޯސަލްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.

  • ޕެޓްރޯލް ފޯރުކޮށް ދިނުމަށް ހުށަހަޅާ އަގަށް.    60%
  • ލިބިފައިވާ ތަޖުރިބާއާއި ގާބިލްކަމަށް.       15%   ( ތަޖުރިބާ ލިބިފައިވާ ކަމަށް ބަލައިގަންނާނީ މީގެ ކުރިން ޕެޓްރޯލް ފޯރުކޮށްދީފައިވާ ކަމުގެ 3 ލިއުން ހުށަހެޅިދާނެއެވެ. ) 
  • ހުށަހަޅާ ޕޮރޮޕޯސަލަށް.           15%                     
  • މާލީ ތަނަވަސްކަމަށް             10%

                މިއިދާރާއިން ހަމަޖައްސާފައިވަނީ މި އިޢުލާނާއި ގުޅިގެން ހޮވޭ ފަރާތްތަކާއި އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ސޮއި ކުރެވޭ ފަރާތާއި އެކީ 1 ( އެކެއް ) އަހަރު ދުވަހުގެ މުއްދަތަށް މިއިދާރާއަށް ބޭނުންވާ ޕެޓްރޯލް ގަތުމަށެވެ.               

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

                     25 މުޙައްރަމް  1445 ހ.

                     01 އޮގަސްޓް 2024 މ.

 

01 އޮގަސްޓް 2024