މަސައްކަތް
ނަންބަރު: (IUL)264/PRIV/2024/54
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 20 އޮގަސްޓް 2024 23:59
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޮޅިވަރަމު ކައުންސިލް ޤުރްއާން މުބާރާތަށް ފަނޑިޔާރުން ހޯދުމަށް

       ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލުން އިންތިޒާމްކޮށްގެން 2024 އޮގަސްޓް 30 އަދި 31 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ނޮޅިވަރަމު ކައުންސިލް ޤުރްއާން މުބާރާތް 1446" އަށް ފަނޑިޔާރުކަން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

 

މުބާރާތް އޮންނަ ތާރީޚް

2024 އޮގަސްޓް 30 އަދި 31

ބޭނުންވާ އަދަދު

3 (ތިނެއް)

އެލަވަންސް

ދުވާލަކަށް -/1،200 ރ (އެއްހާސް ދުއިސައްތަ ރުފިޔާ) ހަމަޖައްސައިދެވޭނެ

އިތުރު ޢިނާޔަތްތައް

ދަތުރު ޚަރަދާއި ހުރުމާއި ކެއުން ހަމަޖައްސައިދެވޭނެ

ޝަރުތު

  1. ދަށްވެގެން ޤުރްއާން މުދައްރިސް ކަމުގެ ފުރަތަމަ ޑިގްރީ ނުވަތަ ޑިޕްލޮމާ ޙާޞިލްކޮށްފައިވުން.
  2. މުބާރާތުގައި ބައިވެރިވާ ސްކޫލް/މަދަރުސާ، ޤުރްއާން ކިލާސްތައް އަދި ޔުނިވާރސިޓީ/ކޮލެޖުގެ އެއްވެސް މުވައްޒަފަކަށް ނުވުން.
  3. މުބާރާތުގައި ކިޔަވާ އެއްވެސް ދަރިވަރެއްގެ މައިންބަފައިން، ގާތްތިމާގެ މީހަކަށް (މަޙްރަމަކަށް) ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފަނޑިޔާރުކަމަށް އެދި ސިޓީ ހުށަހެޅުން.
  2. ފަނޑިޔާރުކަމަށް އެދޭ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  5. އިޢުލާން ކުރެވިފައިވާ ދާއިރާއާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ފަނޑިޔާރުކަމަށް އެދެންވީ ގޮތް

ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ލިޔުންތައް [email protected] އަށް މެއިލްކުރުން

ސުންގަޑި

20 އޮގަސްޓް 2024

 

       ވީމާ މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

01 އޮގަސްޓް 2024