މުބާރާތް
ނަންބަރު: (IUL)305-ME305/305/2024/76
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 01 ޑިސެންބަރު 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާޔަތެއްގެ މަޢުލޫމާތު ލިޔުމުގެ މުބާރާތް

މި އިޢުލާންވަނީ 01 އޮގަސްޓް 2024 13:37 ގައި ބާތިލް ކުރެވިފައެވެ.


އާޔަތެއްގެ މަޢުލޫމާތު ލިޔުމުގެ މުބާރާތަކީ ދަތުރުވެރިޔާ ޙައްޖު އެންޑް އުމްރާ ގްރޫޕްގެ ފަރާތުން މިކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގެ މަޤްޞަދަކީ ކީރިތި ޤްރުއާނުގެ އާޔަތްތަކާ ބެހޭ ވީހައިވެސް ގިނަ މަޢުލޫމާތު ހޯދުމުގެ ޝައުގުވެރިކަން އިތުރުކުރުމެވެ. މި މުބާރާތުން އެއްވަނައަށް އަންނަ ފަރާތަކަށް -/28،000 (އަށާވީސް ހާސް ރުފިޔާ) ގެ އަގުހުރި އިނާމެއް ލިބޭނެއެވެ. މި ފަހަރުގެ މުބާރާތުގައި މަޢުލޫމާތު ހޯދައި ހުށަހަޅާނީ ފާތިޙާ ސޫރަތުގެ ދެވަނަ އާޔަތާ ބެހޭ ގޮތުންނެވެ. މި ލިޔުމުގެ އެންމެ ކުރުމިނަކީ 2800 ލަފްޒެވެ. އެއީ ރިފަރެންސު ލިސްޓުގައި ހިމެނޭ ލަފްޒުތައް ނުލައެވެ.

 

މާކިން ރުބުރިކް / މާރކިން ކްރައިޓީރިއާ

މޮޅު

ވ.ރ

ފުދޭ

ދެރަ

ވ.ދެރަ

  1. މައުޟޫޢު ދިރާސާކޮށްފައިވާ ފުންމިން:-

އާޔަތުގެ މައުޟޫޢު ދިރާސާކޮށްފައިވާ މިންވަރު- އެބައިތަކާއި މާއުލޫމާތު ހިމަނާފައިވާ ގޮތާއި ހިމަނާފައިވާ މިންވަރާއި ހޯދާފައިވާ މަޢުލޫމާތުތަކާއި ހޯދި މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކޮށް ބަޔާންކޮށްފައިވުން.

10-9

8-7

6-5

4-3

0-2

  1. ލިޔުން ފަރުމާކުރެވިފައިވާ ގޮތް:-

އެކިބައިތަކަށް އަރިމަތީ ސުރުޚީ ދެވިފައިވުން- ޢިބާރާތްކުރެވިފައިވާގޮތުން ފަސޭހައިން ދޭހަވުމާއި ޖުމްލަތަކުގެ ތަރުތީބު ހިފެހެއްޓުން- އެއްބަޔާއި އަނެއްބައި ގުޅިފައިވާ މިންވަރު. (ލިޔުންތެރިކަމުގެ އުސްލޫބު)

10-9

8-7

6-5

4-3

0-2

  1. މަރްޖިޢު ހިމެނުން:-

މަރްޖިޢު (ރިފަރެންސު) ރަނގަޅަށް ހިމަނައިފައިވުން. ދިވެހި ބަހުން ލިޔާ ޢިލްމީ/ދީނީ ލިޔުންތަކުގައި ރިފަރެންސު ދިނުމަށް އޮންނަ އުސޫލު ރަނގަޅަށް ބޭނުންކޮށްފައިވުން.

10-9

8-7

6-5

4-3

0-2

ވީމާ، 01 އޯގަސްޓް 2024 ން 01 ޑިސެމްބަރ 2024 އަށް ބައިވެރިވާން ބޭނުންވާ ބޭފުޅުން ލިޔުން ތައްޔާރުކުރައްވާ ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 އޮގަސްޓް 2024