މަސައްކަތް
ނަންބަރު: (IUL)330-B/330/2024/52
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 11 އޮގަސްޓް 2024 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާށިދޫ އުތުރު އަވަށުގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކުގައި ކުލައާއި ދަވާދު ލުމާއި ކަރަންޓް ވައިރިން އަދި ފެން ވައިރިން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ކާށިދޫ އުތުރު އަވަށުގައި ތަރައްޤީކުރަމުން ގެންދާ ކުޑަކުދިންގެ ޕާކުގެ ވަށާފާރާއި ފެންސް އަދި ވޯކްވޭތަކުގައި ކުލައާއި ދަވާދު ލުމުގެ މަސައްކަތާއި ކަރަންޓް ވައިރިން އަދި ފެން ވައިރިންގ އެޅުމުގެ މަސައްކަތް، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު ހުށަހަޅަންޖެހޭ ސުންގަޑިއަކީ 05 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 14:00 އެވެ. މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 06 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:00 ގައި ކާށިދޫ ކައުންސިލްގެ އިދާރާގައެވެ.

      ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ބީލަމަށް ރަޖިސްޓްރީވެ، މަޢުލޫމާތު ސެޝަންގައި ބައިވެރިވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަމަށް ރަޖިސްޓްރީ ނުވާ ފަރާތްތަކާއި މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.

01 އޮގަސްޓް 2024