ވަޒީފާގެ ފުރުޞަތު
ނަންބަރު: UVH/HR/2024/06
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 08 އޮގަސްޓް 2024 14:00
ޔުނިވިޔަ ހޯލްޑިންގސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބަރިސްޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

ބަރިސްޓަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރައާއި އެލަވަންސް:

  • މުސާރަ އަދި އެލަވަންސް: މަހަކު 7,500 ރުފިޔާ
  • ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ލިސްޓް ކުރެވިފައިވާ އެޕްލިކޭޝަންގެ ލިޔުންތައް ހުށަހަޅާނީ ތިރީގައިވާ ގޫގުލް ލިންކް މެދުވެރިކޮށެވެ.
  • ގޫގުލް ލިންކް :   https://forms.gle/Xrzd6SvDj9maRTmz8

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  5. ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ
    ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް އެދެންވީ ސުންގަޑި:

8 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެކުރިން ދީފައިވާ ގޫގުލް ލިންކް މެދުވެރިކޮށެވެ.

ނޯޓު :

އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ގޫގުލް ފޯމުގައި ހުށަހަޅަންވާނެއެވެ.

މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3013860 ނަމްބަރު ފޯނަށެވެ.

01 އޮގަސްޓް 2024