މަޤާމުގެ މަސްއޫލިއްޔަތު:
|
- ފައުންޑޭޝަން ކޯސްތަކާއި، ސެޓްފިކެޓް ފެންވަރުގެ ކޯސްތަކާއި، ޑިޕްލޮމާ ފެންވަރުގެ ކޯސްތަކުގައި ކިޔަވައިދިނުން.
- ޓިއުޓޯރިއަލްއާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވާރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ހިންގުމާއި ވިލަރެސް ކުރުން.
- ދަރިވަރުންގެ އެސެސްމަންޓްތައް ވިލަރެސްކުރުން.
- ދަރިވަރުންނާއި ލެކްޗަރަރއިންނާ ބައްދަލުކޮށް މަޝްވަރާކުރުން.
- ކޯސްތަކަށް ބޭނުންވާ ލާރނިންގ އެއިޑްސްއާއި، ޓީޗިންގ އެއިޑްސް ހޯދުމަށް އެދުމާއި ބެލެހެއްޓުމަށް އެހީތެރިވުން.
- ކޯސް ކޯޑިނޭޓްކުރުން.
- މަރުކަޒާއި ޑިޕާޓްމަންޓުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކޮމެޓީތަކުގައި ބައިވެރިވުން.
- މެރިޓައިމް ރިސަރޗް މަސައްކަތްކުރުން.
- ފަންނީ ހަރަކާތްތަކާއި ވޯރކްޝޮޕްތަކުގައި ބައިވެރިވުން.
- ކޯސްތައް އިސްތިހާރުކުރުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމާއި، ފެއަރތަކުގައި ބައިވެރިވުން.
- މެރިޓައިމް އިންޑަސްޓްރީއަށް ބޭނުންވާ އާ ކޯސްތައް އުފެއްދުމާއި، މުރާޖަޢާކުރުމާއި، ހިންގުން.
- މަރުކަޒުގެ ޔައުމިއްޔާ ލިޔުމަށް ބޭނުންވާ އެކަޑަމިކް ސެކްޝަނާބެހޭ މަޢުލޫމާތު ޔައުމިއްޔާ ލިޔާ މުވައްޒަފަށް ދުވަހުން ދުވަހަށް ދިނުން.
- ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް ކުރިއެރުވުމަށްޓަކައި ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވުން.
- ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ލަނޑުދަނޑި ހާސިލުކުރުމަށް އެއްބާރުލުމާއެކު މަސައްކަތްކުރުން.
- ތަޢުލީމީ ނިޒާމުގެ ތެރެއިން ޖީލްތަކަށް މެރިޓައިމް އިންޑަސްޓްރީ ކޯސްތައް ތަޢާރަފްކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.
- މި މަޤާމަށް އެދި ކުރިން އެޕްލިކޭޝަން ފޮނުވާފައިވާ ކެންޑިޑޭޓުން އަލުން އެޕްލިކޭޝަން ފޮނުވާކަށެއް ނުޖެހޭނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރަރ އޮފީހުގެ ލިޔުމެކެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2015 ޖޫން 1 ވާ ހޯމަ ދުވަހުގެ މެންދުރު 15:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345157 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
- މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|