މަސައްކަތް
ނަންބަރު: MNU-CA-PR/2015/296
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2015
ޕަބްލިޝްކުރި ގަޑި: 17:24
ސުންގަޑި: 07 ޖޫން 2015 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފަރުނީޗަރު ޖަހައިދޭނެ ފަރާތެއް ހޯދުމަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ގދ. ތިނަދޫގައި ހުރި ޔުނިވަރސިޓީގެ ދެ އިމާރާތަކަށް ބޭނުންވާ ފަރުނީޗަރު ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 02 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގދ. ތިނަދޫ ކެމްޕަސް އަދި އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް، ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީ ދުވަހުގެ 15:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގދ. ތިނަދޫ ކެމްޕަސް އަދި އިދާރީ މަރުކަޒުގައެވެ.

10 ޝަޢުބާން 1436

28 މޭ 2015