މުބާރާތް
ނަންބަރު: (IUL)419-CAA/419/2024/97
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 17:12
ސުންގަޑި: 05 އޮގަސްޓް 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގައްދޫ ފުޓްސަލް ޗެލެންޖް 2024" ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

"ގައްދޫ ފުޓްސަލް ޗެލެންޖް 2024" ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

ގައްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް "ގައްދޫ ފުޓްސަލް ޗެލެންޖް 2024" ގައި ބައިވެރިވުމުގެ މުއްދަތު ހަމަވިފަހުން މުބާރާތުގައި ބައިވެރިވުމަށް އެދި ގިނަ ފަރާތްތަކަކުން އެދެމެންދިއުމާއި ގުޅިގެން، "ގައްދޫ ފުޓްސަލް ޗެލެންޖް 2024" ގެ 3 ޑިވިޝަންގައިވެސް ބައިވެރިވުމުގެ މުއްދަތު 05 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމައަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 05 އޮގަސްޓް 2024 އާއި ހަމައަށް އިތުރު ކުރުމާއި ގުޅިގެން މުބާރާތުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އާއި 5 ވަނަ މާއްދާގެ (ށ) އަދި (ރ) އިސްލާޙު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. 

ވީމާ، މިމުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރުމާއި ގުޅިގެން މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން 2024 އޮގަސްޓް 05 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިޢުލާނާއިއެކު އާއްމުކޮށްފައިވާ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވިދާނެ ކަމުގައިވެސް ދެންނެވީމެވެ. މިމުބާރާތް އަދި މުބާރާތުގެ ޤަވާއިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 7779084/9111005 އަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ. 

 31 ޖުލައި 2024

31 ޖުލައި 2024