ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2015/289
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2015
ޕަބްލިޝްކުރި ގަޑި: 17:14
ސުންގަޑި: 04 ޖޫން 2015 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މާކެޓިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

 މާކެޓިންގ އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު   7,151.26ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,064.83ރުފިޔާ

އޮފީސް:

އިދާރީ މަރުކަޒު                      

ގްރޭޑް

5

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސްޕައިން ޕޮއިންޓް:

24

މަޤާމުގެ ޝަރުޠު:

 

1. ތަޖުރިބާ ނެތި، މާކެޓިންގ ނުވަތަ ގްރެފިކްސް ނުވަތަ ކޮމިޔުނިކޭޝަންގެ ދާއިރާއިން ބެޗެލަރ ޑިގްރީއެއް (އެމް. އެން. ކިޔޫ. އެފް ލެވެލް 7/8 ގެ ސަނަދެއް) އޮތުން. ނުވަތަ؛

2. މާކެޓިންގ ނުވަތަ ގްރެފިކްސް ނުވަތަ ކޮމިޔުނިކޭޝަންގެ ދާއިރާއިން އެމް. އެން. ކިޔޫ. އެފް. ލެވެލް 5 ގެ ޑިޕްލޮމާއަށްފަހު، މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ، ސީދާ ގުޅޭ ދާއިރާއިން ލިބިފައިވުން. ނުވަތަ؛

3. މާކެޓިންގ ނުވަތަ ގްރެފިކްސް ނުވަތަ ކޮމިޔުނިކޭޝަންގެ ދާއިރާއިން އެމް. އެން. ކިޔޫ. އެފް. ލެވެލް 4 ގެ ސެޓިފިކެޓަކަށްފަހު، ގުޅޭ ދާއިރާއިން ދިގު ތަޖުރިބާތަކެއް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މާކެޓިންގ ޕްލޭންތައް މެނޭޖްކޮށް ތަންފީޒުކުރުމުގައި މާކެޓިންގ މެނޭޖަރަށް އެހީތެރިވުމާއި، ރޭވުމާ އެއްގޮތަށް ބަޖެޓުގެ ތެރޭގައި ކަނޑައެޅިފައިވާ މުއްދަތުގައި ޕްރޮފެޝަނަލްކޮށް ޕްލޭން ތަންފީޒުކުރުން.
  • މާކެޓިންގ މެނޭޖަރަށް ބޭނުންވާ މާކެޓް ރިސާޗްކުރުމާއި، ރިޕޯޓާއި ބްރީފްތަކާއި އަޕްޑޭޓްތައް އެކުލަވައިލުން.
  • މާކެޓިންގގެ ހަރަކާތްތަކާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމާއި ރިވިއުކުރުމުގައި މާކެޓިންގ މެނޭޖަރަށް އެހީތެރިވުން.
  • މާކެޓިންގއާ ގުޅޭ މުވައްޒަފުންނަށް ވާނުވާ އަންގައި އެހީތެރިވުން.
  • މާރކެޓިންގއާ ބެހޭގޮތުން އެކުލަވާލާފައި ހުންނަ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ތަންފީޒުކުރުމުގައި އެހީތެރިވުން.
  • މާކެޓިންގ މެނޭޖަރު އަންގާ އެހެން މާކެޓިންގ ހަރަކާތްތަކުގައި ބައިވެރިވުން.
  • ޔުނިވަރސިޓީއާ ދޭތެރޭ މީހުންދެކޭގޮތް ރަނގަޅުކުރުމަށް، ޕީ.އާރު ފުރުޞަތުތައް ހޯދުމަށް ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގެ ފަރާތްތަކާ ނެޓްވާރކް ކުރުން.
  • ޔުނިވަރސިޓީގެ މީޑިއާތަކުގައި ބޭނުންކުރާނޭ އިވެންޓްތަކާއި، ތަންތަނާއި، މިހުންގެ ފޮޓޯއާއި، ކުރެހުމާއި، ލިޔުމުގެ ލައިބްރެރީއެއް އެކުލަވައިލާ ކެޓްލޮގްކޮށް ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ ޕްރޮމޯޝަނާބެހޭ ޖަލްސާތަކާއި، ކޮމިޓީތަކާއި، ޓާސްކްފޯސްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

އުޖޫރައާއި ޢިނާޔަތްތައް:  

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

 

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާންގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

 2015 ޖޫން 4 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345131 ނަންބަރު ފޯނާއެވެ.

 10 ޝަޢުބާން 1436

28 މޭ 2015