ވަޒީފާގެ ފުރުޞަތު
ނަންބަރު: G1C-A/2024/08
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 14 އޮގަސްޓް 2024 13:00
ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޕެރަލީގަލް (ދާއިމީ)

               ނަންބަރު: G1C-A/2024/08

އިޢުލާނު

މަޤާމް:

ޕެރަލީގަލް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

JS10-1

މަޤާމުގެ ކްލެސިފިކޭޝަން:

ލީގަލް އެސިސްޓެންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓް

މުސާރަ:

-/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

އެހެނިހެން އެލަވަންސް:

  • ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %50 އަށްވާ ފައިސާ
  • ސަރވިސް އެލަވަންސް: -/3000 ރުފިޔާ
  • ލިވިންގ އެލަވަންސް: -/2550 ރުފިޔާ
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ނިޔާ ކަނަޑައަޅާ މައްސަލަތަކުގެ ޚުލާޞާ ރިޕޯޓާއި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ޑްރާފްޓް ކުރުމުގައި އެހީތެރިވެދިނުން.
  2. ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް މައްސަލަ ބަލައިގަތުމަށް އެހީތެރިވެދިނުން.
  3. އެކިއެކި ކޯޓުތަކުން ބަޔާން ނެގުމަށް ފޮނުވާ މެސެޖްތަކާއި ގުޅިގެން ބަޔާން ނެގުމުގެ މަސައްކަތް ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ކުރުން.
  4. އެކިއެކި ކޯޓުތަކުން މީހުން ޙާޟިރުކޮށްދިނުމަށް ފޮނުވާ މެސެޖްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު އެޅުން.
  5. ދާއިރާގެ މެޖިސްޓްރޭޓުންނަށާއި ކްލަސްޓަރ ކޯޓުތަކުގެ ކަމާއިބެހޭ މުވައްޒަފުންނަށް ބޭނުންވާ ޝަރުޢީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  6. ދާއިރާގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތުގައި ދާއިރާގެ ޗީފް އެޑްމިނިސްޓްރޭޓަރަށް އެއްބާރުލުން ދިނުން.
  7. ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅޭގޮތުން ޖަވާބް ދޭންޖެހޭ ފަރާތްތަކަށް ޖަވާބު ތައްޔާރުކުރުމަށް ލީގަލް ސެކްޝަނުގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ޗީފް އެޑްމިނިސްޓްރޭޓަރަށް ލަފާދިނުން.
  8. ނިމޭ ޤަޟިއްޔާތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅިފައިވޭތޯ ބަލައި މައްސަލައިގެ ފައިލް އަރުޝީފަށް ޙަވާލްކުރުން.
  9. ހައްޔަރު އަމުރާއި، ބަލާފާސްކުރުމުގެ އަމުރާއި އެހެނިހެން ކޯޓު އަމުރު ހޯދުމަށް އެދި ހުށަހަޅާ ފޯމްތައް ޗެކްކޮށް މެޖިސްޓްރޭޓްގެ ލަފާގެ މަތިން ލީގަލް ޗެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ކޯޓުއަމުރު ތައްޔާރުކުރުން.
  10. ވަލީ ހަމަޖެއްސުމަށް އެދި ކޯޓަށް ހުށަހަޅާ ފޯމަށް ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ބަޔާންނެގުން.
  11. ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމްތައް ފުރިހަމަކުރެވިފައިވަނީ ރަނގަޅަށްތޯ ބަލައި ޗެކްކުރުމަށްފަހު، ފޯމުގައި އިސްލާޙް ކުރަންޖެހޭ ތަންތަން ފާހަގަކޮށް، ފޯމް އިސްލާޙްކުރުމަށާއި ފޯމްތަކަށް އަޅަންޖެހޭ ފިޔަވަޅުއެޅުމަށް އެމަސައްކަތްކުރާ މުވައްޒަފާއި ޙަވާލްކުރުން.
  12. އެކޯޓަކުން ނިމޭ މައްސަލަތަކުގައި ރިޕޯޓުތައް ފޮނުވަންޖހޭ ފަރާތްތަކަށް ފޮނުވިފައިވޭތޯ ޗެކްކުރުން.
  13. ތާވަލްކުރާ މައްސަލަތަކާއި ހިނގަމުންދާ މައްސަލަތަކާއި، ނިމޭ މައްސަލަތައް ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ސީ.އެމް.އެސް އިން ޤަވާއިދުން އަޕްޑޭޓްކޮށް އެކަން ބަލަމުން ގެންދިއުން.
  14. އިދާރީގޮތުން ކޯޓުން ތައްޔާރުކުރާ އެއްބަސްވުން ނުވަތަ އެގްރީމަންޓްތައް ޑްރާފްޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  15. ނުނިމޭ މައްސަލަތަކާއި ހިނގަމުންދާ މައްސަލަތަކާއި އަދި ކުރިއަށް ތާވަލްކުރަންޖެހޭ މައްސަލަތައް ހިނގާ ނުހިނގާގޮތް ބަލައި، މައްސަލަތައް އަވަސްކުރުމަށް ކުރެވެން ހުރި ކަންކަން ކުރުމަށް ލީގަލް ސެކްޝަންގެ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  16. ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ތަފާސް ހިސާބު ރިޕޯޓް ތައްޔާރުކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމަށް ކަނޑައެޅިފައިވާ އަސާސީ ޝަރުޠުތައް:

  1. ޝަރީޢަތާއި ޤާނޫނު، ޝާރީޢަތާއި ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގު

ޝަރީޢަތާއި ޤާނޫނު / ޝަރީޢާ / ޤާނޫނު

ގުޅޭ ވަޒީފާގެ ދާއިރާތައް

ޝަރީޢާ / ޝަރީޢަތާއި ޤާނޫނު / ޤާނޫނު

ޕްރިފަރޑް ޑިސިޕްލިންތައް: ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް: ޝަރީޢާ / ޝަރީޢަތާއި ޤާނޫނު / ޤާނޫނު

ނޯޓް: ކޯ ޑިސޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

އެހެނިހެން ޝަރުތު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަނަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛

2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްފަގެ ދަރިން)؛

2.4 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)

2.5 އަނބިމީހާ ނުވަތަ ފިރިމިހާ؛

2.6 ފަހަރި ނުވަތަ ޅިޔަނު (ތިމާ އިނދެގެން އުޅޭ މީހާގެ ދައްތަ ނުވަތަ ބޭބެއާއި، އެމީހުން އިނދެގެން އުޅޭ މީހުނާއި، ތިމާގެ ދައްތަ ނުވަތަ ބޭބެ އިނދެގެން އުޅޭ މީހުން ހިމެނޭހެން)؛

2.7 މައިދަތަ ނުވަތަ ބަފައިބެ (އަނބިމީހާ ނުވަތަ ފިރިމީހާގެ ކާފަ ނުވަތަ މާމައާއި ދޮންމައިދައިތަ އާއި ދޮންބަފައިބެ ހިމެނޭ ގޮތަށް)؛

2.8 ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ (ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އިނދެގެން އުޅޭ މީހާ ހިމެނޭ ގޮތަށް)؛

2.9 ދެބޭންގެ ދެދަރި މީހަކު.

   ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ޝަރްޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް. ( މި ފޯމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

   lh-hinnavaru.courts.gov.mv

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  3. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް"

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކޮންޕީޓަންސީ ދާއިރާ

މާރކްސް

އަސާސީ ޝަރުޠު ފުރިހަމަވުން

25

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

15

ޕްރެޒެންޓޭޝަން

15

އިންޓަރވިއު

30

ޖުމްލަ

100

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 އޮގަސްޓް 2024 ގެ 13:00ގެ ކުރިން، ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް

އީ-މެއިލް ( [email protected] ) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 18 އޮގަސްޓް 2024 އާއި  29 އޮގަސްޓް 2024 ދެމެދު ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގައެވެ.

އިންޓަވިއު ކުރެވެނީ އިމްތިޙާނުގެ މުޅި ޖުމްލަ މާކްސްގެ %50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ހޯދާ ފަރާތްތަކާއެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް(A2ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6620360 އަށެވެ.
  • އީ-މެއިލް ކުރާނީ  [email protected] އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ. ނުވަތަ ވަކިވަކިން ޑޮކިއުމަންޓް ފޮނުވާނަމަ އެއް މެއިލްގައި ޑޮކިއުމަންޓްތައް އެޓޭޗްކޮށް ފޮނުވުމަށް ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއު

އަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

 

 

24 މުހައްރަމް 1446

31 ޖުލައި 2024