މަސައްކަތް
ނަންބަރު: (IUL)O6-GRH-OU-05322/O6-GRH/2024/16
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 05 އޮގަސްޓް 2024 14:00
ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
(ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު) ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޔުނީފޯމުތައް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުން

ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޔުނީފޯމުތައް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ޑިޒައިން ކުރަންޖެހޭ ޔުނީފޯމުގެ ތަފުސީލު މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 އޮގަސްޓު 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ކޯޓޭޝަން ފޮނުއްވުން އެދެމެވެ. ކޯޓޭޝަން ފޮނުއްވާނީ މި އިދާރާގެ އީމެއިލް [email protected] އަށެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6809003 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

31 ޖުލައި 2024