މަސައްކަތް
ނަންބަރު: (IUL)233-CA/233/2024/10
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި:
08 އޮގަސްޓް 2024 13:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
29 ވަނަ އަރިއުތުރު ޤުރްއާން މުބާރާތަށް ފަނޑިޔާރުން ހޯދުން
- 2024 އޮގަސްޓް 15 އިން 18 އަށް، މި އަތޮޅު މަތިވެރީގައި ބޭއްވުމަށް ހަމަޖެހިފައިވާ، 29 ވަނަ އަރިއުތުރު ޤުރްއާން މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާނޭ ބޭފުޅުން ހޯދަން ބޭނުންވެއްޖެ އެވެ. ވީމާ، މަޢުލޫމާތު ކަރުދާހުގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ ޝަރުޠުހަމަވާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް އަންދާސީ ހިސާބު / ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން، 2024 އޮގަސްޓް 06 ވަނަ ދުވަހުގެ 14:00ގެ ކުރިން، [email protected] އަށް މެއިލް ކުރައްވައި، ނުވަތަ 6660606 ނަންބަރު ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމާ ގުޅިގެން ދޫކުރެވޭ އެންމެހައި މަޢުލޫމާތު ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.
- އަންދާސީ ހިސާބު / ކޯޓޭޝަން ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 2024 އޮގަސްޓް 08 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.
- އަންދާސީ ހިސާބު / ކޯޓޭޝަން ހުޅުވުން އޮންނާނީ، 2024 އޮގަސްޓް 08 ވާ ބުރާސްފަތި ދުވަހުގެ، 13:15 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަންދާސީ ހިސާބު / ކޯޓޭޝަން ހުޅުވުމުގެ ބައްދަލުވުމަށް، އަންދާސީ ހިސާބު / ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން އެނގޭނޭ ލިޔުމަކާއެކު ބޭފުޅަކު ފޮނުވިދާނެ އެވެ.
- ހުށަހަޅާ އަންދާސީ ހިސާބު / ކޯޓޭޝަން އިވެލުއޭޓްކޮށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.
31 ޖުލައި 2024