މަސައްކަތް
ނަންބަރު: (IUL)420-PED/420/2024/49
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 12 އޮގަސްޓް 2024 11:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ގަބުރުސްތާން ސާފުކޮށް ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުން.

އިޢުލާން

ރަތަފަންދޫ ގަބުރުސްތާން ސާފުކޮށް ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުން.  

 

ރަތަފަންދޫ ރިންގްރޯޑާއި ސަހަރާމަގާ ދެމެދު އަދި ޗަނބޭލީމަގާއި އުރީދޫ ސައިޓާއި ދެމެދުގައި ވާ ސަރަހައްދު ކޮންޓެކްޓް އުސޫލުން 6 މަސް ދުވަހުގެ މުއްދަތައް ސާފު ކޮށްބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުން ވެފައެވެ.

          ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤު ވެރިވެލައްވާފަރާތްތަކުން 6 އޯގަސްޓް 2024 ވާ އަންގާރަ ދުވަހުގެ ހެދުނު 10:00 އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 12 އޮގަސްޓް 2024 ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް އެސްޓިމޭޓު ހިއްޕަވައިގެން ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

 

މާކްސް ދެވޭގޮތުގެ ތަފްސީލު:

 

#

މާރކްސްދެވޭނެ ކްރައިޓީރިއާ

މާރކްސް ދެވޭގޮތް

ތަފްޞީލް

 

1

އަގު

70%

 

    އެންމެ ގިނަމާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑައަގަކަށެވެ.

 

2

ތަޖުރިބާ

30%

   އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ގިނައިން މަސައްކަތްކޮށް ތަޖުރިބާލިބިފައިވާ ކަމުގެ ހެކިތައް ހުށަހަޅާ ފަރާތަކަށެވެ.

 

ޕްރޮޕޯސަލާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް

1-      ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ

2-      އަމިއްލަފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ އާއި ފަރުދުންގެ ރަޖިސްޓްރީގެ ކޮޕީ

3-      ކޮމްޕެނީގެ ޕްރޮފައިލް

 

 

މިއިދާރާއިން  ބަލާނެ ކަންތައްތައް

1-      ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ؟

2-      އަމިއްލަ ފަރުދެއްނަމަ އެފަރާތަކީ  ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ އާއި ކަމަށް އެކަށީގެންވާ ފަރާތެއްތޯ؟

31 ޖުލައި 2024