ބީލަން
ނަންބަރު: (IUL)425-A2/1/2024/231
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 16:02
ސުންގަޑި: 08 އޮގަސްޓް 2024 10:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ބޭނުންވާ 01 ލެޕްޓޮޕް ގަތުމާއި ގުޅޭ،

މިއިދާރާއަށް ބޭނުންވާ 01 ލެޕްޓޮޕް ގަތުމަށް ސްޕެސިފިކޭޝަންއާއި އެއްގޮތަށް ހޯދުމަށްކުރި ނަންބަރު: 220(IUL)425-A2/1/2024/ އިޢުލާނާ ގުޅިގެން ޝަރުޠު ހަމަވާ ޕްރޮޕޯސަލެއް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް މިމަސައްކަތަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިއިދާރާއިން ހުށަހަޅާ ސްޕެސިފިޝަންއާއި އެއްގޮތަށް 1 ލެޕްޓޮޕް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 އޮގަސްޓް 08 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ / ކަރަންކާމަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ / އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2024 އޮގަސްޓް 06 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

30 ޖުލައި 2024