ދިވެހިރާއްޖެ
ނަންބަރު: (IUL)491-CDS3/491/2024/89
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއަށް ބޭނުންވާ ކާޕެޓް ކްލީނިންގ މެޝިނެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއަށް ބޭނުންވާ ކާޕެޓް ކްލީނިންގ މެޝިނެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު (IUL)491-CDS3/491/2024/81 އިޢުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލަމެވެ.
- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 05 އޯގަސްޓަ 2024ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
- ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން 01 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
- ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 08 އޯގަސްޓް 2024ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
- އަމީނީ މަގު، މާފަންނު
- ކ.މާލެ، 20392
- އީމެއިލް: [email protected]
24 މުޚައްރަމް 1446ހ.
30 ޖުލައި 2024މ.