ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)303-CA/303/2024/50
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 09:45
ސުންގަޑި: 07 އޮގަސްޓް 2024 12:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ނަންބަރު (IUL)303-CA/303/2024/50

އިޢުލާން

ވަޒީފާގެ ފުރުސަތު

މަޤާމް:              އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ އަދަދު:        1

މަޤާމުގެ ގިންތި:        ކޮންޓްރެޓް (6 މަސްދުވަސް)

މަސައްކަތް ކުރާތަން:     އުނގޫފާރު ރައްޔިތުންގެ ފާމަސީ / އުނގޫފާރު ކައުންސިލް އިދާރާ

މުސާރަ:             3300.00 (ތިންހާސް ތިންސަތޭކަ ރުފިޔާ)

ސާރވިސް އެލަވަންސް:   މުސާރައިގެ %30

ހާޒިރީ އެލަވަންސް:      މުސާރައިގެ %20

މިނިމަމްވޭޖް އެލަވަންސް:   މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް. 

                  ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

  1. މަޤާމްގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

ނުވަތަ

  1. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގުރޭޑް ލިބިފައިވުމާއިއެކު އޭގެއިތުރުން ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިހާންގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން "ސީ" ގުރޭޑް ލިބިފައިވުން. މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:  

  1. ބޭސް ފިހާރައަށް ލިބޭ ފައިސާ ދުވަހުން ދުވަހަށް ބޭސް ފިހާރަ އެކައުންޓަށް ޖަމާކުރުން
  2. ބޭސް ފިހާރައިގެ ސްޓޮކް ބެލެހެއްޓުން
  3. ބޭސް ފިހާރައަށް ބޭނުންވާ ބޭހުގެ ލިސްޓް ތައްޔާރުކޮށް މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ބޭސް ހޯދުން
  4. ބޭސް ފިހާރައިން ދޫކުރާ ބޭހުގެ ލިސްޓް ޤަވާއިދުން އާސަންދައަށް ފޮނުވުން
  5. އާސަންދައަށް ފޮނުވާ ބިލްތަކަށް ފައިސާ ލިބޭތޯ ޗެކުކުރުމަށްފަހު ފައިސާ ހޯދުމަށް މަސައްކަތް ކުރުން
  6. ބޭސް ފިހާރައަށް ލިބޭ ފައިސާ އާއި ޚަރަދުވާ ފައިސާގެ ތަފްސީލް ރިޕޯޓް ތައްޔާރުކުރުން
  7. ބޭސް ފިހާރަ ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ތަކެތި:    1- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް

                 2- އައިޑީ ކާޑް (ކިޔަން އެނގޭ ސާފު) ކޮޕީ

                 3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގ ސެޓްޕިކެޓްގެ ކޮޕީ

                 4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެނގޭގޮތަށް ތައްގަޑުޖެހި ލިޔުން.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:  މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ

ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 07 އޮގަސްޓް 2024، ބުދަ ދުވަހުގެ 12:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.

މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 2024 އޮގަސްޓް 8 ން 15 އާއި ދެމެދު ދުވަހު، ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.

30 ޖުލައި 2024