ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)168-CA/1/2024/69
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 06 އޮގަސްޓް 2024 12:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ރައިޓް ސައިޑް އޮފް ލައިފް ސަރވޭ އަށް އިނިއުމަރޭޓަރސް ހޯދުން -ގްރޭޓަރ މާލެ އޭރިއާ -

ރައިޓް ސައިޑް އޮފް ލައިފް ސަރވޭ އަށް އިނިއުމަރޭޓަރސް ހޯދުން

-ގްރޭޓަރ މާލެ އޭރިއާ -

ބޭނުންވާ އިނިއުމަރޭޓަރުންގެ އަދަދު: 11 އަންހެން އަދި 11 ފިރިހެން (މާލެ ސަރަޙައްދު)

3 އަންހެން އަދި 3 ފިރިހެން (ހުޅުމާލެ ފޭސް 1)

3 އަންހެން އަދި 3 ފިރިހެން (ހުޅުމާލެ ފޭސް 2)

 

ކޮންމެ އިނިއުމަރޭޓިންގ ޓީމެއްގައި ތިބޭނީ އެއް އަންހެން އަދި އެއް ފިރިހެން އިނިއުމަރޭޓަރެވެ.

 

ޓްރެއިނިންގ: 1 ދުވަސް – 24 އޮގަސްޓް 2024

 

ސަރވޭގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތާރީޚް: 25-29 އޮގަސްޓް 2024

 

މަސްޢޫލިއްޔަތު:

  1. "ރައިޓްސް ސައިޑް އޮފް ލައިފް" ސަރވޭގައި ބައިވެރިވުމުގެ ކުރިން ސަރވޭގެ މައުލޫމާތު ދިނުމަށްޓަކައި ބޭއްވޭ އެއް ދުވަހުގެ ޓްރެއިނިންގގައި ބައިވެރިވުން.
  2. އިންސާނީ ޙައްޤުތަކާ ގުޅޭ ގޮތުން ކޮމިޝަނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސާރވޭ "ރައިޓްސް ސައިޑް އޮފް ލައިފް" ސަރވޭ ހެދުމަށްޓަކައި ގޭގެއަށް ގޮސް މީހުންނާއި ބައްދަލުކޮށް ސަރވޭ ފޯމް ފުރުން. މި ފޯމް ފުރަންޖެހޭ އަދަދު ކަނޑައެޅޭނީ ރަށުގެ އާބާދީއަށް ބެލުމަށްފަހު ނެގޭ ސާމްޕަލްއަކުންނެވެ. 

އިނިއުމަރޭޓަރސްގެ ގޮތުގައި ނަގާ ފަރާތްތަކުގެ ޝަރުތުތައް:

 

  1. އުމުރުން 18 އަހަރުވެފައިވާ މީހަކު ކަމުގައިވުން.
  2. އެއްވެސް ހުކުމެއް ތަންފީޛުކުރަމުންދާ ފަރާތެއްކަމުގައި ނުވުން. 
  3. ސާނަވީ އިމްތިހާން ފުރިހަމަކޮށްފައިވާ ފަރާތެއްކަމުގައިވުން.
  4. ފަސޭހަކަމާއެކު ޓެބްލެޓް ބޭނުންކުރަން ދަންނަ ފަރާތެއްކަމުގައިވުން.
  5. އޮބްޖެކްޓިވްކޮށް އަދި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން. 
  6. އިރުޝާދުތަކާ އެއްގޮތަށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުމާއެކު އެހެންމީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަންހުރުން.
  7. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން.  
  8. ފްލެކްސިބަލްކޮށް އަދި ކުއްލި ހާލަތުގައި މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.
  9. އެންމެހާ މަސައްކަތްތަކުގައި ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން.

 

ނޯޓު: ކުރިން އެއްވެސް ސަރވޭއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތެއްނަމަ އިސްކަންދެވޭނެއެވެ.

އުޖޫރަ:

  1. ފުރާ ކޮންމެ ސަރވޭ ފޯރމަކަށް 75/- (ހަތްދިހަ ފަސް ރުފިޔާ)
  2. ޓްރެއިނިންގގައި ބައިވެރިވާ ދުވަހަށް 100/- (ސަތޭކަ ރުފިޔާ)
  3. 125/- (ސަތޭކަ ފަންސަވީސް ރުފިޔާ) ގެ މޮބައިލް ޑޭޓާ

ސުންގަޑި

6 އޮގަސްޓް 2024 (އަންގާރަ) ދުވަހުގެ 12:00 ގެ ކުރިން

އެހެނިހެން:

 

 

 

 

 

 

  1. ކޮންމެ ޓީމަކުންވެސް ފުރަންޖެހޭ ފޯރމުތަކުގެ އަދަދު ކަނޑައެޅޭނީ އެ ޓީމެއް މަސައްކަތްކުރާ ސަރަހައްދެއްގައި ސަރވޭއަށް ހޮވިފައިވާ ގެތަކުގެ އަދަދަށް ބަލާފައެވެ. 
  2. މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ދީފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މި ލިންކު https://shorturl.at/4WMim މެދުވެރިކޮށް ކޮމިޝަނަށް ހުށައެޅުއްވުން އެދެމެވެ. 

ނޯޓު: ސަރވޭގެ އިނިއުމަރޭޓަރުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތި ލައްވައިފިނަމަ، އެނިއުމަރޭޓަރުން ހޮވާނީ ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން އިވެލުއޭޓްކުރުމަށްފަހު މި ކޮމިޝަނުންނެވެ.

30 ޖުލައި 2024