ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)389/389/2024/19
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 08:42
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަޖިސްޓްރީ ނަންބަރު 357 ވައިޓްލިލީ ގޯތީގެ ރަޖިސްޓަރީ ބާތިލް ކޮއްފައިވާކަން އަންގައި އިޢުލާނުކުރުން

ކޮޅުމަޑުލު ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2023-N8C-CIV-22 ޤަޟިއްޔާގެ ޙުކުމު ގައި ތ. ހިރިލަންދޫ "ވައިޓްލިލީ" ގޯތީގެ ރަޖިސްޓަރީ ބާތިލް ކުރުމަށް ޙުކުމް ކޮށްފައިވާތީ އެކަން އަންގައި އިޢުލަނުކުރަމެވެ.

އެ ޙުކުމާ ގުޅިގެން ތ. ހިރިލަންދޫ އަތިރިހިޔާ ގޯތީގެ އިރުމަތިން 1/3 ގެ ބިން ވަކިކުރުމަށްފަހު އެބިމަށް ހައްދައިދީފައިވާ ވައިޓްލިލީ ނަމަކަށްކިޔާ (ރަޖިސްޓަރީ ނަންބަރު 357) ބަންޑާރަ ގޯތީގެ ރަޖިސްޓަރީ ވަނީ ބާތިލްކުރެވިފައިއެވެ.

ވީމާ މިހާވަހަކަ އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

10 ޖުލައި 2024