މަސައްކަތް
ނަންބަރު: 369/IUL/2015/28
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2015
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 03 ޖޫން 2015 14:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޢަމަލު މިސްކިތުގައި ކުރަންހުރި މަރާމާތުތައް ކުރާނެ ފަރާތެއް ހޯދުން

މ.މަޑުއްވަރީ މަސްޖިދުލް ޢަމަލު މިސްކިތުގައިހުރި ލަކުޑި ކުޑަދޮރުތައް ނައްޓައި އެލްމެނިއަމް ކުޑަދޮރުތައް ހަރުކުރުމާއި، ޢިމާރާތުގެ އެތެރެއާއި ބޭރުގައި ކުލަލުމާއި، ބޭރު ސީލިންގގައި ދަވާދުލުމާއި، ގޯތީގެ ފާރުގެ އެތެރެއާއި ބޭރުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ބޭނުންވެގެން ކުރެވުނު ނަންބަރު IUL/2015/28/ފ369 ( 27/4/2015 ) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކައުންސިލްގެ އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ޖޫން 2015 ވާ ބުދަ ދުވަހުގެ 14:00އަށް މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 09 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މ.މަޑުއްވަރީ ކައުންސިލް އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން މިއިދާރާއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ އިރުގައާއި، އަންދާސީހިސާބު ހުށަހަޅަން ވަޑައިގަންނަވާ ފަރާތުގެއާއި، ހުށަހަޅުއްވާ ފަރާތުގެ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ ކޮޕީ، ނޫނީ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ އަސްލު ގެންނަންވާނެއެވެ.

މާކްސް ދިނުމުގައި އަންދާސީހިސާބުތައް އިވެލުއޭޓް ކުރާ ކޮމިޓީން ބަލާނެ މިންގަނޑު

  1. އެންމެ ކުޑައަގަށް :                 %75
  2. މަސައްކަތް ނިންމަދޭނެ އެންމެކުރު މުއްދަތަށް:   % 15
  3. ފަންނީ ގޮތުން ޤާބިލުކަން ހުރި މިންވަރަށް:    %5
  4. ތަޖުރިބާއަށް: %5                                     

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

08 ޝަޢުބާން 1436

26 މޭ 2015