ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-FA/2015/10
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2015
ޕަބްލިޝްކުރި ގަޑި: 13:55
ފެކަލްޓީ އޮފް އާޓްސް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

އިޢުލާން

ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

ހދ. ކުޅުދުއްފުށީ ކެމްޕަހާއި ގދ. ތިނަދޫ ކެމްޕަސް އަދި ސ. ހިތަދޫ ކެމްޕަހުގައި، މި ފެކަލްޓީގެ ފަރާތުން ހިންގާ "ބެޗްލަރ އޮފް އާޓްސް އިން ދިވެހި ލޭންގުވިޖް" ކޯހުގައި ކިޔަވައި ދެއްވާނެ ޕާޓްޓައިމް ލެކްޗަރަރުން ބޭނުންވެއެވެ. ލެކްޗަރަރުން ބޭނުންވާ މާއްދާތައް ހދ. ކުޅުދުއްފުށީ ކެމްޕަސް (ފޯން: 6527761)، ގދ. ތިނަދޫ ކެމްޕަސް (ފޯން: 6842084) އަދި ސ. ހިތަދޫ ކެމްޕަސް (ފޯން: 6885053) އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

މިކަމަށް ހޮވިވަޑައިގަންނަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ކެމްޕަސްތަކުގައެވެ.

ޝަރުޠު: މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

އުޖޫރަ:

- ނަންގަވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

- މާކުކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިޙާނު ކަރުދާހަކަށް -/35 ރުފިޔާ

ވީމާ، ހދ. ކުޅުދުއްފުށީގައި ކިޔަވައިދެއްވުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ހދ. ކުޅުދުއްފުށީ ކެމްޕަހަށް، ގދ. ތިނަދޫގައި ކިޔަވައިދެއްވުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ގދ. ތިނަދޫ ކެމްޕަހަށް، އަދި ސ. ހިތަދޫގައި ކިޔަވައިދެއްވުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ސ. ހިތަދޫ ކެމްޕަހަށް ސިޓީ ފޮނުއްވުން އެދެމެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅުއްވަން ޖެހޭ ލިޔުންތައް:

- ކޯސް ނިންމި ކަމުގެ ލިޔުންތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، 3345177 ނުވަތަ 3345179 ނަންބަރާ ގުޅުއްވުން އެދެމެވެ.

10 ޝަޢުބާން 1436

28 މޭ 2015