ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)493-MR/493/2024/114
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 01 އޮގަސްޓް 2024 13:00
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބު 2024 ގައި އޮބްޒަރވަރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން

ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ކައުންސިލުގެ 2 އާންމު މެންބަރުންގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް މެންބަރުން ހޮވުމަށް ބޭނުންވެއެވެ. މި ކައުންސިލަށް އާންމު މެންބަރު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގައި އޮބްޒަރވަރުންގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ހުޅުވާލަމެވެ.

އޮބްޒަރވަރުންގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފޯމު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. ފޯމު ބަލައިގަންނާނީ، 01 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ) ގެ ރިސެޕްޝަނުންނެވެ. މީގެ އިތުރުން، މި މިނިސްޓްރީގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ފޯމުތައް ހުށަހެޅޭނެވެ. ހުށަހަޅާ ހުރިހާ ލިޔެކިއުމެއްވެސް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓަށެވެ.

އޮބްޒަރވަރުންގެ ގޮތުގައި ޙަރަކާތްތެރިވެވޭނީ ކޮންމެ ކެންޑިޑޭޓެއް ނުވަތަ އިދާރާއެއް ތަމްސީލުކުރާ 1 (އެކެއް) ފަރާތަށެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

29 ޖުލައި 2024