މަސައްކަތް
ނަންބަރު: (IUL) MHCL/CS/MHCL/2015/1003
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2015
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 02 ޖޫން 2015 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޙައްޖުގެ ވައިގެ ދަތުރުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން

މިކޯޕަރޭޝަންގެ 1436 (2015) ވަނަ އަހަރުގެ ޙައްޖުގެ ވައިގެދަތުރުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

1436 (2015) ވަނަ އަހަރު ޙައްޖަށް ގެންދިއުމަށް އިތުރު 700 ފުރުޞަތު މިކޯޕަރޭޝަނަށް ލިބުމާ ގުޅިގެން، މި ޙައްޖުގެ ދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަވާ ޙައްޖާޖީން ހުޅުލޭ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގެ ކިންގ ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް އެއަރޕޯޓަށް ވައިގެމަގުން ގެންގޮސްދިނުމާއި، އެނބުރި ގެނެސްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބައިނަލްއަޤްވާމީ ފެންވަރުގައި ވައިގެ ދަތުރުފަތުރު ކުރުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެއަރލައިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމާބެހޭ މަޢުލޫމާތު ދިނުން

02 ޖޫން 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ ދެގަޑި ސުންމިނެޓް (14:00) ގައި މި ބީލަމާބެހޭގޮތުން މަޢުލޫމާތު ދިނުން މިކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މި މަޢުލޫމާތު ދިނުމުގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށެވެ.

ބީލަން ކަރުދާސް ހުޅުވުން

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 09 ޖޫން 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ ދެގަޑި ސުންމިނެޓު (14:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ހާޒިރުގައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އެޑްރެސް:

އަމީނީމަގު، މާލެ، 20379، ދިވެހިރާއްޖެ

ފޯނު ނަންބަރު:

3011000 960+

ފެކްސް:  

3011004 960+

ކޮންޓެކްޓް ކުރަންޖެހޭ ފަރާތް:

ޔޫސުފް ނަޢީމް

އީ-މެއިލް:

[email protected]

މަތީގައި ބަޔާންކުރެވިފައިވާ މިކޯޕަރޭޝަންގެ އެޑްރެސް، ފޯނު، ފެކްސް އަދި އީ-މެއިލް އެޑްރެސް މެދުވެރިކޮށް އިތުރު މަޢުލޫމާތު ހޯއްދެވިދާނެއެވެ.

ނޯޓު: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި (އެއީ: GMT+5:00) އެވެ.    

26 މޭ 2015