ދެންނެވުން
ނަންބަރު: C-381/IUL/2024/65
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:55
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުން ދޫކުރާ ކަރަންޓަށް އަގުނެގުމާއި ގުޅޭ:

ކުޑަހުވަދޫ ބަނދަރުން ދޫކުރާ ކަރަންޓުން 2024 އޮގަސްޓް 01 ވާ ބުރާސްފަތި ދުވަހުން ފެށިގެން އަގުނެގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ބަނދަރުން ކަރަންޓުގެ ޚިދުމަތް ހޯއްދުމަށް ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅިދާނެއެވެ. ކަރަންޓުގެ ޚިދުމަތް ދޫކުރާނީ ހަމައެކަނި ކުޑަހުވަދޫ ބަނދަރުގައި ބަނދަރުކުރާ އޮޑިފަހަރުގެ މަސައްކަތަށް އެކަންޏެވެ. މަގުހުރަސްކޮށް އެއްވެސް މަސައްކަތެއް ކުރަން ކަރަންޓުގެ ޚިދުމަތެއް ދޫކޮށެއް ނުދެވޭނެއެވެ. ބަނދަރުގައި ޤާއިމްކޮށްފައިވާ ކަރަންޓްގެ ޚިދުމަތުން، އެއްސޮކެޓުން ޚިދުމަތް ދޫކުރެވޭނީ އެއްއުޅަނދަށެވެ. ޚިދުމަތަށް އެދޭ ފަރާތްތަކުން ޚިދުމަތަށް އެދެވޭނީ ހެނދުނު 8.00 ން ރޭގަނޑު 10.00 އާ ދެމެދުއެވެ. އަދި ކަރަންޓަށް އެދޭ ފޯމް ކުޑަހުވަދޫ ބަނދަރު ސެކިއުރިޓީ ހަޓުންނާއި ކުޑަހުވަދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ކުޑަހުވަދޫ ބަނދަރު ސެކިއުރިޓީ ހަޓަށްދުރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. ބަނދަރުން ކަރަންޓް ދޫކުރުމާބެހޭ އުޞޫލް ގެޒެޓްކުރެވިފައި ވާނެއެވެ.

                  2024 އޮގަސްޓް 01 ވަނަ ދުވަހުންފެށިގެން ކަރަންޓަށް އެދޭ ފޯމް ބަނދަރު ސެކިއުރިޓީ ހަޓުންނާއި ކުޑަހުވަދޫ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ. ފައިސާ ބަލައިގަންނާނީ 7730000135156 ( އެކައުންޓް ނަން 1430 REVENUW 01 ) މިއެކައުންޓަށް ޓްރާންސްފާ ކޮށްގެން ނުވަތަ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއިންނެވެ. ފައިސާ ޓްރާންސްފާކުރި ސްލިޕް ފޮނުވާނީ 7253467 ނަންބަރު ފޯނަށެވެ.

                  ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

29 ޖުލައި 2024