ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2024/205
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 06 އޮގަސްޓް 2024 13:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ARIBA އިންޕްލިމެންޓޭޝަން ފަންކްޝަނަލް ކޮންސަލްޓަންޓް

މި މިނިސްޓްރީން އިލެކްޓްރޯނިކް ގަވަރމަންޓް ޕްރޮކިއުމަންޓް (އީޖީޕީ) ސިސްޓަމެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން އީޖީޕީ ސިސްޓަމް ތަންފީޒުކުރުމާއި އިންޓަގްރޭޓްކުރުމުގަ އާއި މަޝްރޫއުގެ ލަނޑުދަނޑިތައް ހާސިލްކޮށް، ސަރުކާރުގެ ޕްރޮކިއުމަންޓް ޕްރޮސެސްތަކަށް ބޮޑެތި ފައިދާތަކެއް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީން އީޖީޕީ އިމްޕްލިމެންޓޭޝަން ފަންކްޝަނަލް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކޮންޓްރެކްޓް މުވައްޒަފެއް ނެގުމަށް ބޭނުންވެއެވެ.  

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ހިއުމަން ރިސޯސް ސެކްޝަން

މާލީ ވުޒާރާ

އަމީނީމަގު، މާލެ،  ދިވެހިރާއްޖެ

ޓެލެފޯން: 1617

އީމެއިލް އެޑްރެސް: [email protected]

29 ޖުލައި 2024