ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-E/249/2024/61
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި: 07 އޮގަސްޓް 2024 14:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ކެލާ ދަނޑުބިމުގެ ސަރަހައްދުން އަލަކޯރު ބޭނުންވާ ފަރާތްތަކައް އަލަކޯރު ދޫކުރުމާއި ގުޅޭ.

ހއ.ކެލާ ދަނޑުބިމުގެ ސަރަހައްދުން އަލަކޯރު ބޭނުންވާ ފަރާތްތަކައް އަލަކޯރު ދޫކުރުމާއި ގުޅޭ.

                ހއ. ކެލާ ދަނޑުބިމުގެ ސަރަހައްދުން ކުއްޔަކާއި ނުލައި ދޫކުރުމަށް ހަމަޖެހިފައިވަނީ  200   އަކަފޫޓްގެ 60 އަލަކޯރެވެ. އަދި އަލަކޯރު ދޫކުރުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކައުންސިލުން އަލަކޯރު ކޮނުމަށް ބިންދޫކުރުން ނަމްބަރ (PP)249-M/2024/3 ކެލާ ކައުންސިލް އުޞޫލުގައި ބަޔާން ކޮށްފައިވާ ޝަރުތު ފުރިހަމަވާ ފަރާތްތަކަށެވެ.

                އަލަ ކޯރައް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އަދަދު 60 އަށް ވުރެ އިތުރުވާ ނަމަ އަލަކޯރު ދޫކުރާނީ އެކަމަށް އެދި ފޯމުހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ. ވީމާ އަލަކޯރު ބޭނުންވާ ފަރާތްތަކުގެ ތެރެއިން އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން 7 އޯގަސްޓް 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް ކައުންސިލައް ހުށަހެޅުމަށް ދަންނަވަމެވެ. ފޯމު ކެލާ ކައުންސިލް އިދާރާގެ ރިސެޕް ޝަނުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

                ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޖުލައި 2024