ވަޒީފާގެ ފުރުޞަތު
ނަންބަރު: N3-HC/IUL/2024/03
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 04 އޮގަސްޓް 2024 14:00
ކޮޅުމަޑުލު މަޑިފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރ

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-390953

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

GS3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތ. މަޑިފުށީ ޞިއްޙީމަރުކަޒު

މުސާރަ:

4465.00

ސަރވިސް އެލަވަންސް:

1500.00

އެހެނިހެން އެލަވަންސް:

  • ސަޕޯޓިންގ ކޯ އެލަވަންސް: 700.00
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: 1563.00
  • ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޑޮކްޓަރާއި ބަލިމީހާއާއި ދެމެދު ދެކެވޭ ވާހަކަތައް ދެފަރާތަށްވެސް ރަނގަޅަށް ސާފުވާނޭގޮތަށް ކިޔައިދީ، ބަލިމީހާ އެގްޒެމިން ކުރުމުގައި ޑޮކްޓަރާއި ބަލިމީހާއަށް އެހީތެރިވެދިނުން.
  • ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރުގެ ތަރުތީބުން ބަލިމީހުން ބެލުމުގައި ޑޮކްޓަރަށް އެހީވުމާއި ޑޮކްޓަރ ކޮޓަރިއަށާއި އޯ ޕީ ޑީ ކައުންޓަރަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުން.
  • ބިލްތަކާއިއެކު، ކައުންޓަރަށް ލިބިފައި ހުންނަ ފައިސާ އާއި ލިއެކިއުންތަކާއި ތަކެތި ކޮންމެ ދުވަހެއްގެވެސް ޞިއްޙީމަރުކަޒުން ކަނޑައަޅައިފައިވާ އުޞޫލުގެތެރެއިން ޞިއްޙީމަރުކަޒުގެ އޮފީހާއި ޙަވާލްކުރުން.
  • އާސަންދަ/އެލައިޑް އަދި އެހެނިހެން ފަރާތްތަކަށް ޚިދުމަތް ދިނުމަށްފަހު ކަނޑައެޅިފައިވާ އަގާއި އެއްގޮތަށް ބިލް ތައްޔާރުކުރުން، އަދި ކެންސަލް ކުރެވޭ ބިލްތަކުގައި ސަބަބު ލިޔެ ވެރިޔަކު ލައްވާ ސޮއިކުރުވުން.
  • އާސަންދަ/އެލައިޑް އަދި އެހެނިހެން ފަރާތްތަކަށް ޚިދުމަތް ދިނުމަށްފަހު ކަނޑައެޅިފައިވާ އަގާއި އެއްގޮތަށް ތައްޔާރު ކުރެވިފައިވާބިލްތައް (އައި.ޕީ.ޑީ/އޯ.ޕީ.ޑޯ) ޞިއްޙީމަރުކަޒުން ކަނޑައަޅައިފައިވާ އުޞޫލުގެތެރެއިން ނިއްމައި ރިޕޯރޓް ތައްޔާކުރުން.
  • އާސަންދަ/އެލައިޑް އަދި އެހެނިހެން ފަރާތްތަކުގެ ހިދުމަތުގެ އަގުތަކަށް ބަދަލު އައުމުން އެ އަގުތަކާއި އެއްގޮތަށް ޚިދުމަތުގެ އަގު ލިސްޓް އަޕްޑޭޓްކޮށް ޚިދުމަތްދެވޭނެގޮތް ހަމަޖެއްސުން.
  • ޞިއްޙީމަރުކަޒުގެ ރިސެޕްޝަންކައުންޓަރުގައި ކަބަޑުގައިވާ ފައިސާ/ފައިސާބަލައިގެން ޖަހާ ތައްގަޑު އަދި ތަޅުދަނޑި ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
  • އެމްބިއުލާންސްތަކުގެ ޚިދުމަތަށް އެދޭފަރާތްތަކަށް އެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށް ދިނުމަށްފަހު ކަނޑައެޅިފައިވާ އަގު ނަގައި އެމްބިއުލާންސްތަކުގެ ރިޕޯރޓް ހަފްތާއިން ހަފްތާއަށް (އާދިއްތައިން ހޮނިހިރަށް) ތައްޔާރުކުރުމަށްފަހު ޞިއްޙީމަރުކަޒުން ކަނޑައަޅައިފައިވާ އުޞޫލުގެތެރެއިން ރެވެނިއު މަސައްކަތް ކުރައްވާ މުވައްޒަފާއި ރިޕޯރޓް ޙަވާލުކުރުން.
  • ކްރެޑިޓްގެ ދަށުން ދެވޭ ޚިދްމަތްތަކަށް، ކޮންމެ ދުވަހަކު ހެދޭ ބިލްތަކަށް އެބިލްތަކުގެ އަޞްލާއި އެއްގޮތަށް އިންވޮއިސް ހެދުން.
  • ޚިދުމަތް ދެވުނު ފަރާތުގެ އެކައުންޓަށް ބިލްތައް އެންޓަރ ކުރެވިފަވޭތޯބަލައި ކެންސަލް ކުރަންޖެހޭ ޓްރާންސެކްޝަންތައް ކެންސަލް ކުރުން.
  • ޤަވާއިދުން އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ޑައިގްނޯސިސްތައް ރެކޯޑް ކުރެވޭތޯ ޗެކްކުރުން.
  • ބަލިމީހާގެބަލީގެ ތަފްޞީލް ޕޭޝަންޓް ރެކޯޑްޝީޓްގައި ޑޮކްޓަރުގެ ލަފާގެމަތިން ލިޔަމުންގެންދިއުން.
  • ޞިއްޙީމަރުކަޒުގެ ތަފާސް ހިސާބުތައް ޤަވާއިދުން އެއްކޮށް ބެލެހެއްޓުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ސިއްހީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
  • ބަލިމީހުން ރިފަރކުރަންޖެހޭ ހާލަތްތަކުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

-          ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 ނުވަތަ

-          މާޤުމެގެ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ހާސިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނޯޓް: މަތީގައިވާ ދެވަނަ ޝަރުތުން މަޤާމަށް ޝަރުތު ހަމަކުރުމުގައި މަޤާމަށް ކުރިމަތިލާފައިވާ ފަރާތުން 'ދިވެހި ބަހުގެ ދާއިރާ' އިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓެފިކެޓް 3 ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، އެ ސަނަދުން ޖީ.އެސް 3 ގެ ޝަރުތުގައި ހިމެނޭ ދެ ކޮންޕޯނިނަންޓް ފުރިހަމަވާ ކަމުގައި (އެ ސަނަދުން މަޤާމަށް ޝަރުތު ހަމަވާކަމުގައި) ބެލޭނެއެވެ.

ތަޢުލީމީ ރޮނގު(ތައް)

-          ނެތް

ޕްރިފަރޑް ޑިސިޕްލިން(ތައް)

-          ނެތް

ކޯ ޑިސިޕްލިން(ތައް)

-          ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

-          އެޑްމިނިސްޓްރޭޝަން

-          މެނޭޖްމަންޓް

-          ކަސްޓަމަރ ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުތު ހަމަ ވުމަށް

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 އޯގަސްޓް 2024 ގެ 14:00 ގެ ކުރިން، (ތ.މަޑިފުށީ ޞިއްޙީމަރުކަޒު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން  އޮންނާނީ، 11 އޯގަސްޓް 2024 އާއި 18 އޯގަސްޓް 2024 އާ ދެމެދު، ތ. މަޑިފުށީ ޞިއްޙީމަރުކަޒުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6780619) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

23 މުޙައްރަމް 1446 ހ.

29 ޖުލައި 2024 މ.

29 ޖުލައި 2024