ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2015/197
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2015
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 01 ޖޫން 2015 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެސެންޖަރ ގރ.1

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: މެެސެންޖަރ ގރ.1 (1 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް)

އަދަދު: 01

އަސާސީ މުސާރަ: -/3540 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް / ތަން: މެޑިކަލް ސާރވިސް އޮފީސް - އެސްޓީއޯ

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: -/2،500 ރުފިޔާ އާއި -/3،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫންގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން 

މަޤާމުގެ މަސްއޫލިއްޔަތު:

  • ލިޔެކިޔުންތައް ހަވާލުކުރަން ކަނޑައެޅިފައިވާ ވަގުތުގައި ހަވާލުކުރުން
  • ލިޔެކިޔުންތައް ހަވާލު ކުރަންޖެހޭ ޑިޕާރޓްމަންޓްތަކާއި އެހެނިހެން ކުންފުނިތަކަށާއި މިނިސްޓްރީތަކަށް ހަވާލުކުރުން

ތަޢުލީމީ ތަޖުރިބާ:

  • ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ ގްރޭޑް ދިހައެއް ނިންމާފައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން 
  • ދިވެހި އަދި އިނގިރޭސި މި ދެބަހުން ރަނގަޅަށް މީހުންނާ މުޢާމަލާތުކުރަން އެނގުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 01 (ހޯމަ) ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިކުންފުނީގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344261، ވެބްސައިޓް: www.stomaldives.com           

07 ޝަޢުބާން 1436

25 މޭ 2015