ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419-ESMSPL/419/2024/93
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 09:30
ސުންގަޑި:
08 އޮގަސްޓް 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެގްޒާމިނަރުން ހޯދުމާއި ގުޅޭ
އެގްޒާމިނަރުން ހޯދުމާއި ގުޅޭ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ލައިސެންސް ދޫކުރުމަށްޓަކައި ޢަމަލީ އިމްތިޙާނު ދޭ އެގްޒާމިނަރުން ހޯދުމަށް ބޭނުންވެއެވެ.
- ބޭނުންވާ އަދަދު: 02 (ދޭއް)
- ހުށަހަޅަންޖެހޭ ލިޔުންތައް:
- އެއްގަމުގެ ލައިސެންސް ކޮޕީ
- އައިޑީކާޑު ކޮޕީ
- އެގްޒާމިނަރުގެ ޝަރުތުތައް:
- މަދުވެގެން A1, A0 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސެންސް އޮތުން. (ދުއްވުމުގެ ޢަމަލީ ޓެސްޓް ހެދޭނީ އެ އެގްޒާމިނަރަކަށް ލިބިފައިވާ ގިންތީގެ އުޅަނދުތައް ދުއްވުމުގެ ޓެސްޓެވެ.)
- ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައޮލޭޝަން ކުށެއް ކޮއްފައިވާކަން ސާބިތުވެފައި ނުވުން.
- ފާއިތުވި 5 އަހަރު ދުވަހުގެ ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- ދޫކުރި ތާރީޙުން ފެށިގެން މަދުވެގެން 5 އަހަރުދުވަސް ވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތުން.
- އުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުން.
- ލައިސެންސް ދޫކުރާ ސެންޓަރުގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.
- ޑްރައިވއިންގް ސްކޫލެއްގައި ވޭތުވެދިޔަ 5 އަހަރު އެއްވެސް ހައިޞިޔަތަކުން މަސައްކަތް ކޮއްފައި ނުވުން އަދި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން.
ވީމާ، އެގްޒާމިނަރުންނަށް ވުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން އެގްޒާމިނަރުގެ ޝަރުތުތައް ހަމަވެ ރަށުގައި ގާއިމްވެ ތިއްބަވާ ފަރާތްތަކުން މަތީގައިވާ މަޢުލޫމާތާއި އެއްކޮށް މިއިދާރާއަށް 08 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީ ހުށަހެޅުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
29 ޖުލައި 2024