މަސައްކަތް
ނަންބަރު: (IUL)391-EM/391/2024/48
ޕަބްލިޝްކުރި ތާރީޚް: 28 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 21:02
ސުންގަޑި: 06 އޮގަސްޓް 2024 11:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލުގައި ކުރަންހުރި މަރާމާތުތަކާއި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

މި އިދާރާގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، ޕްރީސްކޫލްގައި ކުރަންހުރި މަރާމާތުތަކާއި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިއުލާން ނަމްބަރު  (IUL)391-EM/391/2024/27 (02 ފެބްރުއަރީ 2024) ގައި ދިމާވި މައްސަލަ އަކާއި ގުޅިގެން އެ އިޢުލާން ބާތިލްކޮށް، ދެވަނަފަހަރަށް އިޢުލާން ކުރަމެވެ ވީމާ، މިއިއުލާނާއެކުގައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތްވާ ގޮތުގެ މަތިން މި މަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން

މިބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 31 ޖުލައި 2024 ވާ ބުދަ ދުވަހުގެ 10:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. މިމައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ބީލަން ބަލައިގަތުން އަދި ހުޅުވުން

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަދި  ބީލަންތައް ހުޅުވުން އޮންނާނީ 6 އޮގަސްޓް 2024 ވާ އަންގާރަދުވަހުގެ 11:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި އިއުލާން ނަންބަރު، އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780675 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

28 ޖުލައި 2024