ވަޒީފާގެ ފުރުޞަތު
ނަންބަރު: 116-A30/IL/2015/29
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2015
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 04 ޖޫން 2015 16:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެއިރޯޑްރޯމް ފްލައިޓް އިންފޮރމޭޝަން ސަރވިސަސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: އެއިރޯޑްރޯމް ފްލައިޓް އިންފޮރމޭޝަން ސަރވިސަސް އޮފިސަރ (ޓްރޭނީ)

ބޭނުންވާ އަދަދު: 02  

މަސައްކަތް ކުރަންޖެހޭ ތަން: ތިމަރަފުށި އެއަރޕޯޓް، ތ. ތިމަރަފުށި  

މަޤާމު: އެއިރޯޑްރޯމް ފްލައިޓް އިންފޮރމޭޝަން ސަރވިސަސް އޮފިސަރ (ޓްރޭނީ)   

ބޭނުންވާ އަދަދު: 02  

މަސައްކަތް ކުރަންޖެހޭ ތަން: އިފުރު އެއަރޕޯޓް، ރ.އިފުރު

ޝަރުޠު:

  • ޖީ.ސީ.އީ އޯލަވަލް އިމްތިޙާން އިން އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • އެސް.އެސް.ސީ އިމްތިޙާން އިން ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • 21 އަހަރު ފުރިފައިވުން.

މުސާރަ އާއި އިނާޔަތްތައް: މަހަކު  -/10،000 އާއި -/10,200 ރުފިޔާއާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ވައިގެ ބަނދަރު ބޭނުންކުރާ މަތިންދާބޯޓް ފަހަރު ތަކާއި މުޢާމަލާތްކޮށް، ރައްކާތެރި ކަމާއެކު މަތިންދާބޯޓަށް ޚިދުމަތް ދިނުން.
  • މުވާސަލާތީ އާލަތްތައް ބޭނުންކޮށްގެން މަތިންދާބޯޓް ފަހަރު ތަކަށް މޫސުމާ ބެހޭ މަޢުލޫމާތު ފޯރުކޮށް ދިނުން.
  • ޖައްސާ އަދި ފުރާ މަތިންދާބޯޓަށް ވާއިގެބަދަރުގެ ހާލަތު އަންގައި ދިނުން.
  • ރަންވޭއާއި ރަންވޭ ވަށައިގެންވާ ސަރަހައްދު އިންސްޕެކްޓް ކުރެވުނުތޯ ބަލާ ލޮގް ކުރުން.
  • އެއިރޯޑްރޯމް ފްލައިޓް އިންފޮރމޭޝަން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރާ ހުރިހާ މަސައްކަތެއްގައިވެސް ސޭފްޓީއަށް އެންމެ އިސްކަންދީގެން މަސައްކަތްކުރުމާއި މަތިންދާބޯޓުފަހަރަށާއި އަދި އެއަރޕޯޓުގައި ދިމާވާ ތަފާތު އެކިއެކި އިމަޖެންސީތަކުގައި އެހީތެރިވުން.
  • ފްލައިޓް މޫވްމެންޓް އަދި އެޓެންޑެންސް ރިޕޯޓް އޭޓީއެސް މެނޭޖްމެންޓަށް ފޮނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓު

ނޯޓް: ސިޓީގައި މަސައްކަތްކުރަން ބޭނުންވާ އެއަރޕޯޓް ހިމަނަންވާނެއެވެ. އިންޓަރވިއު އޮންނާނީ ތިމަރަފުށި އަދި އިފުރު އެއަރޕޯޓްގައެވެ. އެއަރޕޯޓް ހިމެނޭ ރަށާއި އެއަރޕޯޓް ކައިރި ރަށްތަކުގެ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި: 04 ޖޫން 2015ގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ: ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު: ފޯނު 7774575/ 3325511

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

07 ޝަޢުބާން 1436ހ.    

25 މޭ 2015