ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)407-CA407/INDIV/2024/1
ޕަބްލިޝްކުރި ތާރީޚް: 28 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 16:01
ސުންގަޑި: 30 ޖުލައި 2024 20:30
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

       ޤާނޫނު ނަންބަރ 2010/07 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ބާއްވަންޖެހޭ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން 30 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި ، ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީއާރުސީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

      މި ބައްދަލުވުމުގައި 2024 ވަނަ އަހަރު ފުރަތަމަ 6 މަސް ދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ހިއްސާކުރުމާއިއެކު، 2025 ވަނަ އަހަރުގެ މަސައްކަތް ތާވަލަށް ރައްޔަތުންގެ ޙިޔާލު ހޯދެވޭނެވެ.

         

            އެހެންކަމުން، ވީހާވެސް ގިނަ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވުމަކީ މިކައުންސިލްގެ އެދުމެކެވެ.

            ވީމާ މިކަށް އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

 

                      ޝުކުރިއްޔާ

28 ޖުލައި 2024